ގައުމީ ޓީމުގެ ކުރީގެ ގޯލް ކީޕަރު އިފްރާހުގެ އާއިލާއަށް ރައީސް ޑރ. މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު އިބްރާހީމް އިފްރާހު އަރީފް (ކޮއްކޮ) 36އ ނިޔާވެފައިވަނީ ސްޓްރޯކެއް ޖެހިގެން ފަރުވާދެމުން ދަނިކޮށެވެ.
މިދިޔަ ހޯމަ ދުވަހުން ފެށިގެން ހެމޮރެޖިކް ސްޓްރޯކެއް ޖެހި ހާލު ސީރިއަސްވެގެން އިފްރާހުއަށް އޭޑީކޭގައި ދިޔައީ ފަރުވާ ދެމުންނެވެ. ސްޓްރޯކުގެ ސަބަބުން ސިކުނޑި އަށް އެޅުނު ލޭތަކުން ބައެއް ނެގިފައިވާއިރު ދުޅަތިރިކުރުމަށް އެ ދުވަހުގެ ހަވީރު އޭނާ ބާއްވާފައި އޮތީ މެޑިކަލީ އިންޑިއުސްޑް ކޯމާއެއްގައެވެ. އޭނާ ނިޔާވީ ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށް ރޭގެ ވަގުތެއްގައެވެ.
އެކްސްގައި ހިއްސާކޮށްފައިވާ ރައީސް ޑރ. މުޢިއްޒުގެ ތައުޒިޔާގެ މެސެޖުގައި ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރެއްގެ ގޮތުގައި މަޤްބޫލުކަން ހޯދި ހުނަރުވެރި ކުޅުންތެރިޔާ އިބްރާހީމް އިފްރާޙް ޢަރީފް ނިޔާވުމުގެ ހިތާމައިގާ މަރްޙޫމުގެ ޢާއިލާއަށް އަދި ދިވެހި ފުޓްބޯޅައަށް ލޯބިކުރައްވާ ހުރިހާ ރައްޔިތުންނަށް ތަޢުޒިޔާ ދަންނަވާކަމަށެވެ. އަދި މަރްޙޫމް އިބްރާހީމް އިފްރާޙް ޢަރީފަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މާތްﷲ މިންވަރު ކުރެއްވުމަށް އެދި ރައީސް ވަނީ ދުއާ ކުރަށްވާފައެވެ.
ކުޅިވަރުގެ މައިދާނުން ފާހަގަކޮށްލެވުނު އިބްރާހީމް އިފްރާހު އަރީފް (ކޮއްކޮ) ވަނީ ކުލަބު ވެލެންސިއާ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބު އަދި ބީޖީ ސްޕޯޓްސް ކްލަބަށް ވެސް ކުޅެފައެވެ. މީގެ އިތުރުން ރާއްޖޭގެ ޒުވާން ގައުމީ ޓީމުތަކަށް ވެސް ކުޅުނު އިފްރާހު ވަނީ ސީނިއާ ގައުމީ ޓީމަށް ވެސް ކުޅެފައެވެ.

إِنَّا ِللهِ وَإِنَّآإِلَيْهِ رَاجِعُون
— Dr Mohamed Muizzu (@MMuizzu) September 26, 2025
ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރެއްގެ ގޮތުގައި މަޤްބޫލުކަން ހޯދި ހުނަރުވެރި ކުޅުންތެރިޔާ އިބްރާހީމް އިފްރާޙް ޢަރީފް ނިޔާވުމުގެ ހިތާމައިގާ މަރްޙޫމުގެ ޢާއިލާއަށް އަދި ދިވެހި ފުޓްބޯޅައަށް ލޯބިކުރައްވާ ހުރިހާ ރައްޔިތުންނަށް… pic.twitter.com/JjosQ4F84S
ކުޅިވަރުގެ މައިދާނުން ފާހަގަކޮށްލެވުނު އިބްރާހީމް އިފްރާހު އަރީފް (ކޮއްކޮ) ވަނީ ކުލަބު ވެލެންސިއާ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބު އަދި ބީޖީ ސްޕޯޓްސް ކްލަބަށް ވެސް ކުޅެފައެވެ. މީގެ އިތުރުން ރާއްޖޭގެ ޒުވާން ގައުމީ ޓީމުތަކަށް ވެސް ކުޅުނު އިފްރާހު ވަނީ ސީނިއާ ގައުމީ ޓީމަށް ވެސް ކުޅެފައެވެ.
ކިޔުންތެރިންގެ ހިޔާލު