މަރްޔަމް ނަހްދާ ވަޙީދު   26 ސެޕްޓެމްބަރު 2025 - 7:54
ވިކްރާންތު މާސޭ-
ވިކްރާންތު މާސޭ-
ދަރްމާ ޕްރޮޑަކްޝަންސް އިން ގެނެސްދިނުމަށް ހަމަޖެހިފައިވާ ފިލްމު "ދޯސްތާނާ 2" އަށް ސޮއިކޮށްފައިވާ ކަމަށް ބޮލީވުޑްގެ ތަރި ވިކްރާންތު މާސޭ ބުނެފިއެވެ.

އޭނަ އެ ފިލްމަށް ނެގިކަމުގެ ވާހަކަތަކެއް މި އަހަރުގެ ކުރީކޮޅު މީޑިއާތަކުން ރިޕޯޓް ވެސް ކޮށްފައިވެއެވެ. ނަމަވެސް އެކަން މީގެ ކުރިން އޭނާ ކަށަވަރުކޮށްދީފައެއް ނުވެއެވެ.

މި ފިލްމާ ގުޅޭގޮތުން ވާހަކަދައްކަމުން ވިކްރާންތު ބުނީ "ދޯސްތާނާ 2" އަކީ ދަރުމާ އިން އޭނަ އަށް ލިބުނު ފުރަތަމަ ފުރުސަތު ކަމަށެވެ. އެހެންވެ އެކަމާ ވަރަށް އުފަލުން ހުރި ކަމަށް އޭނާ ވަނީ ބުނެފައެވެ.

އޭނާ އިތުރަށް ބުނީ މި ފިލްމުގައި އޭނާ ފެނިގެންދާނީ ވަރަށް ސްޓައިލިޝްކޮށް ކަމަށެވެ. އަދި ފިލްމުގެ ގިނަ މަންޒަތުތަކެއް ޔޫފަޕްގައިވެސް ޝޫޓު ކުރާނެ ކަމަށް އޭނާ ހާމަކުރިއެވެ.

ޝައުނާ ގޯމަތު ޑައިރެކްޓުކުރާ މި ފިލްމުގެ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ފަށާނެ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު