ލ. މާވަށުގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި ޒުވާނާގެ މައްސަލައިގެ ތަހުގީގު ނިންމައި، ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
ފުލުހުން މިއަދު ބުނީ، މި މައްސަލައިގައި ދައުވާކުރުމަށް ހުށަހަޅާފައިވަނީ ހދ. ނޮޅިވަރަންފަރު / އަސަރީމަންޒިލް، މުހައްމަދު އިބްރާހިމް (29އ) ގެ މައްޗަށް ކަމަށެވެ. މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މި ސެޕްޓެންބަރު މަހުގެ 23 ވަނަ ދުވަހު ކަމަށާއި، އެ އޮފީހުން ވަނީ މައްސަލަ ބަލައިގަނެފައި ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
2025 ޖުލައި 28 ވަނަ ދުވަހުގެ 10:12 ހާއިރު ފުލުހުންނަށް ރިޕޯޓް ކުރި މި ޙާދިސާގައި މަރުގެ ޝިކާރައަކަށްވީ ލ. މާވަށް / ނަލަހިޔާ، މޫސާ އިބްރާހީމް (29އ) އެވެ. މާރާމާރީގައި އަނިޔާވި މޫސާ އިބްރާހީމް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވެއެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ މުހައްމަދު އިބްރާހީމް ހައްޔަރުކޮށްފައިވަނީ ހާދިސާ ހިނގި ޖުލައި 28 ވަނަ ދުވަހު އަމިއްލައަށް ފުލުހުންގެ އިދާރާއަށް ޙާޟިރުވުމުންނެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މޫސާ އިބްރާހީމްއަށް ހަމަލާދީފައިވަނީ ފަހަތުން ގޮސް، ކަރަށް އަމާޒުކޮށެވެ. މޫސައަށް ހަމަލާދިނުމަށް ބޭނުންކުރި ކަމަށް ބެލެވޭ ވަޅި ވެސް ފުލުހުން ވަނީ ހޯދައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު