ޖޫން 17 ގައި އޮލިމްޕަސް ތިއޭޓަރަށް ނެރުނު، ޑައިރެކްޓަރު ނަހުލާގެ ފިލްމު "ސޮރީ" އަދިވެސް ހުޅުމާލޭ ޝްވެކް ސިނަމާގައި ދައްކަމުން އެބަ ދެއެވެ.
މި ފިލްމަކީ ލޯބީގެ އަސަރުގަދަ ވާހަކައެއްގެ މައްޗަށް ބިނާކޮށަ އުފައްދާފައިވާ ފިލްމެކެވެ. ފިލްމު ނެރުނީއްސުރެން މިއަށް ބެލުންގެރިންގެ ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ.
މި ޗުއްޓީ ތެރޭގައިވެސް މާލޭގެ ތިއޭޓަރަކުން "ސޮރީ" ބަލާލަން ލިބޭ ކަމީ އަތޮޅުތެރެއިން މާލެ އަންނަ ސޮރީގެ ފޭނުންނަށް ފިލްމު ބަލާލަން ލިބޭ އިތުރު ފުރުސަތެކެވެ.
'ސޮރީ' ގެ ޓިކެޓުތައް އަދިވެސް ވިއްކަމުން ދާއިރު، މިހާރު ވިއްކަމުން ދަނީ މިމަހުގެ 26 ވާ ހުކުރުދުވަހުގެ ޓިކެޓެވެ. ޓިކެޓު ހޯދަން ބޭނުންވާ ފަރާތްތަކުން 7844422 އަށް ގުޅާލުމުން އޮންލައިންކޮށް ޓިކެޓު ލިބޭނެއެވެ.
އޮލިމްޕަސްގައި 50 ޝޯ ފުލް ކުރުމަށްފަހު "ސޮރީ" ޝްވެކް ސިނަމާއަށް ބަދަލުވީފަހުންވެސް ދައްކަމުން ދަނީ ހަމަ ހައުސްފުލް ޝޯތަކެކެވެ.
"ސޮރީ" އަކީ ނަހުލާގެ 'ޔޫސުފް'، 'ޒުލޭހާ' އަދި 'ކަލާޔާ ނުލާ' ފަދަ ފިލްމުތަކުގެ ރިކޯޑު މުގުރާލާ ތާރީހުން ޖާގަ ހޯދި މޮޅު ފިލްމެކެވެ.

ކިޔުންތެރިންގެ ހިޔާލު