ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
އިސްލާމްދީނަކީ ދަރީންނަށް ވާރުތަކޮށްދޭން އޮތް އެންމެ އަގުހުރި ތަރިކަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ރާއްޖެ އިސްލާމްވީ ދުވަހުގެ ތަހުނިޔާ ފޮނުއްވުމަށް މީސް މީޑިއާގައި ހިއްސާ ކުރެއްވި މެސެޖުގައެވެ.

ރައީސްގެ މެސެޖުގައި ވިދާޅުވީ، މީގެ 899 އަހަރު ކުރީން އިސްލާމްދީން ޤަބޫލުކުރުމުގައި ދިވެހީން ދައްކުވައިދިނީ، ކިޔަމަންތެރިކަމާއި ޞުލްޙަވެރިކަމާއި ބަދަހިކަމާއެކު އެންމެން އެކީ ހެޔޮގޮތް ޚިޔާރުކުރުމުގެ ރީތި ނަމޫނާ ކަމަށެވެ. އަދި އެދުވަހުއްސުރެ މިއަދާ ހަމަޔަށް ވެސް، ދިވެހީންގެ އަމިއްލަވަންތަކަމާއި މިނިވަންކަން މި ޤައުމުގައި ދެމިއޮތީ، ދިވެހީންނަކީ ޙައްޤުގެ މަގުގައި ތިބި އެއްބައިވަންތަ ބަޔަކަށް ވާތީކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ހަމައެއާއެކު އެމަނިކުފާނު ވިދާޅުވީ، މާދަމާ އަޅުގަނޑުމެންގެ ދަރީންނަށްޓަކައި ވާރުތަކޮށްދޭން އޮތް އެންމެ އަގުހުރި ތަރިކައަކީ ވެސް، މާތްވެގެންވާ އިސްލާމް ދީނާއި، ދިވެހީންގެ އަމިއްލަވަންތަ ރީތި ސިފަތައް ކަމަށެވެ. އެހެންކަމުން، މި އަގުހުރި ތަރިކަ ރައްކައުތެރިކޮށް ދެމެހެއްޓުމުގެ މަތިވެރި ނަޞީބު ހުރިހާ ޒަމާނެއްގައިމެ ދިވެހީންނަށް ދެއްވުން އެދި އެމަނިކުފާނު ވަނީ ދުޢާ ކުރަށްވާފައެވެ.

ތާރީޚީ ފަތްފުއްތަކުން ފެންނަ ގޮތުގައި ދިވެހި ޤައުމަށް އިސްލާމްދީނުގެ ހިދާޔަތުގެ އަލިކަން ވިލިފައިވަނީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީޢުލް އާޚިރު މަހުގެ 2 ވަނަ ދުވަހުއެވެ. އެއީ މީލާދީން 1153 ވަނަ އަހަރުއެވެ.



ކިޔުންތެރިންގެ ހިޔާލު