ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލް އުފައްދަވައިފިއެވެ.
ރައީސް އޮފީހުން ބުނީ މި ކޮމިޝަނަކީ ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު އުފައްދާފައިވާ ކައުންސިލެއް ކަމަށެވެ. އަދި މިއީ "މޯލްޑިވްސް 2.0- ޑިޖިޓަލް-ފަސްޓް ނޭޝަން" ތަސައްވުރު ގާއިމުކުރެއްވުމާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ މަގުޗާޓުގައިވާ ކަންކަން ތަންފީޒުކުރެއްވުމުގެ މަސައްކަތްތައް ފަހިކޮށްދެއްވައި، ލަފާދެއްވައި، އެ މަސައްކަތްތައް ބެލެހެއްޓެވުމުގެ މަގްސަދުގައި އުފެއްދި ކައުންސިލެއް ކަމަށްވެސް ވަނީ ބުނެފައެވެ.
މި ކައުންސިލުގެ ރިޔާސަތު ބަލަހައްޓަވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.
މޯލްޑިވްސް 2.0 އަކީ، ޑިޖިޓަލް ދާއިރާއިން، ދިވެހިރާއްޖެއަށް އިންގިލާބީ އަދި އިސްލާހީ ބަދަލުތަކެއް ގެނައުމުގެ މަގުސަދުގައި، ރައީސްގެ ހާއްސަ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދަވާ ޕްރޮރްގާމެކެވެ.
ރައީސްގެ މި ތަޞައްވުރުގެ ދަށުން ފަރުމާކުރެވޭ ޑިޖިޓަލް މާހައުލަކީ ރައްޔިތުންނަށް އިސްކަންދީގެން އިދާރާތަކުގެ މަސައްކަތް އަވަސްކޮށް ހާމަކަން ބޮޑުގޮތެއްގައި ކުރިއަށް ގެންދެވޭ މަސައްކަތެކެވެ.
ރައްކާތެރި ނިޒާމެއްގެ ތެރެއިން، އަވަސް ޚިދުމަތްތަކެއް ފޯރުކޮށްދީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އޮތް މިހާރު އޮތް ނިޒާމަށް އިންޤިލާބީ ބަދަލެއް ގެނައުމަށް މިމަސައްކަތުގެ ތެރެއިން އިސްކަން ދޭނެ ކަމަށް ސަރުކާރުން މީގެ ކުރިން ހާމަކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު