މަސްތުވާތަކެއްޗާ ދެކޮޅަށް ކުރީ ކުރީ ސަރުކާރުން ހިންގީ ވަށައިޖެހޭ ކާމިޔާބު ސިޔާސަތެއް ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބުދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވެފައިމިވަނީ ރާއްޖެއަށް 130 ކިލޯ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ދައުވަތުން ދައުވާ އުފުލި އެންމެންގެ މައްޗަށް ކުށް ސާބިތުވެ، އެ އެންމެން އުމުރަށް ޖަލަށް ލާން މިއަދު ކްރިމިނަލް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި އިމްރާން ވިދާޅުވީ މިއީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަސްތުވާތަކެއްޗާ ދެކޮޅަށް ގެންގުޅުއްވި ހަރުދަނާ ސިޔާސަތުގެ ދަށުން މަސްތުވާތަކެތީގެ ވަގުފާރީގެ ބޮޑުންނާއި ދެކޮޅަށް ކުރި ވަރުގަދަ މަސައްކަތުގެ ހެޔޮ ނަތީޖާ ކަމަށެވެ.
އިމްރާން ވިދާޅުވީ މި މައްސަލާގައި ހިމެނޭ އެންމެ އިސް އެކަކީ މިއަދު ސަރުކާރު ހިންގާޕާޓީގެ ކައުންސިލް މެންބަރަކަށް ވުމުން އެއިރު މައްސަލައިގެ ބަންދު މަރުހަލާގައި ފުލުހުންނަށް ކުރިމަތިވި ހުރަސްތަކާއި ގޮންޖެހުންތައް ގާތުން ދެކެފައިވާ ކަމަށެވެ.
އަދި ފުލުހުންނާއި ދައުލަތުގެ ވަކީލުން އޭރުއްސުރެ ކުރި ބުރަމަސައްކަތަށް އައްސަރިބަހާއި ސާބަސް ހައްގުކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އިމްރާން އިތުރަށް ވިދާޅުވީ މިފަދަ އެތައް މައްސަލައެއް އޭރު ކާމިޔާބުކަމާއިއެކު ތަހުޤީޤުކޮށް ޝަރީޢަތަށް ފޮނުވުނު ކަމަށާއި، ނުފޫޒެއް ނެތި ޝަރީއަތް ނިންމައިފިނަމަ ކާމިޔާބުވާނެ މިންވަރަށް ހެކިހޯދާ ތަޙްޤީގު ފުރިހަމަކޮށްފައި ވާނެ ކަމަށެވެ.
"މަސްތުވާތަކެއްޗާ ދެކޮޅަށް އަޅުގަނޑުމެން ހިންގީ ވަށައިޖެހޭ ކާމިޔާބު ސިޔާސަތެއް" އިމްރާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު