ރާއްޖޭގައި ވިއްކުން މަނާ ބޭހެއް ޑްރަގް ބޭނުންކުރާ މީހުންނަށް ވިއްކަމުންދާ ކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ޗެއާޕާސަން ލުބްނާ ޒާހިރު ހުސައިން ވިދާޅުވެއްޖެއެވެ.
އެންޑީއޭގެ ޗެއާޕާސަން ލުބުނާ ޒާހިރު ހުސައިން މިއަދު މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ ޑްރަގް ބޭނުން ކުރާ މީހުންނަށް ވިއްކަމުން އަންނަނީ ބިއުޕްރެނޯފިން ކިޔާ ބޭހެއް ކަމަށެވެ. އަދި އޭގެ 10 ޓެބްލެޓް 2،000 ރުފިޔާއަށް ވިއްކާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ލުބްނާ ވިދާޅުވިއެވެ.
މަސްތުވާތަކެތީގެ ގާނޫނުގެ ދަށުން ކޮންޓްރޯލްޑް ޑްރަގުގެ ބާވަތްތައް ރާއްޖޭގައި ވިއްކުމަކީ މަނާކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ލުބްނާ ވިދާޅުވީ ބިއުޕްރެނޯފިން ވިއްކަމުންދާ މީހުންގެ މައުލޫމާތުތައް ފުލުހުންނަށް މިހާރު ލިބިފައިވާ ކަމަށެވެ.
ލުބްނާ މިހެން ވިދާޅުވި ނަމަވެސް މި މައްސަލާގައި ފުލުހުން މިހާތަނަށް ބަހެއް ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު