ބޮލީވުޑްގެ ސުޕަސްޓާރު ޝާހުރުކް ޚާންގެ ދަރިފުޅު އާރިޔަން ޚާންގެ ފުރަތަމަ ޑައިރެކްޝަންއަށް ދިން ސަޕޯޓުގެ ސަބަބުން ޝާހުރުކް އޭނާގެ 'ފޭނުން'ނަށް ޝުކުރުއަދާ ކޮށްފިއެވެ.
އާރިޔަންގެ ފުރަތަމަ ޑައިރެކްޝަން ކަމަށްވާ "ބާސްޓަރޑްސް އޮފް ބޮލީވުޑް" ސީރީސްގެ ފުރަތަމަ ސީޒަން ނެރުމާއެކު އެއަށް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފައެވެ. މި ސީރީސްގައި ދައްކުވައިދެނީ ދިރިއުޅުމުގައި ކަމެއް ހާސިލް ކުރަން ބޭނުންވެ، ބޮލީވުޑާ ގުޅި، ހުވަފެންތައް ހާސިލްކުރުމަށް ބޮލީވުޑްގެ 'ގްލެމަރަސް' ދުނިޔޭގައި ކުރާ ކަންކަމެވެ.
ޝާހުރުކްގެ ފޭނުން މި ސީރީސްއަށް ދިން އެއްބާރުލުމާ ގުޅިގެން އޭނާ ވަނީ އެކްސްގައި ޕޯސްޓެއް ހިއްސާކޮށްފައެވެ. އެގޮތުން ފޭނުންނަށް ޝުކުރު އަދާކުރަމުން އޭނާ ބުނީ އެންމެންވެސް ޝޯ ބަލާ ނިންމާފައިވާކަމަށް އޭނާ އުންމީދުކުރާ ކަމަށެވެ.
މި ސީރީސްގެ ވާހަކަ ބިނާވެފައިވަނީ އާންމުކޮށް ފެންނަ ސީރީސް ފަދަ ގޮތަކަށް ނޫންކަމުން، މި ނެރުނީއްސުރެ ސީރީސް އާ ގުޅޭ ތަފާތު އެކި ޝުއޫރުތައް މީހުން ދަނީ ފާޅުކުރަމުންނެވެ. މިއީ ވަރަށް 'ފްރެޝް ޕާސްޕެކްޓިވް' އެއް ކަމަށް ގިނަ މީހުން ދެކެއެވެ.
މިހާރު މި ސީރީސް ނެޓްފްލިކްސް އިން ސްޓްރީމް ކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު