މަރްޔަމް ނަހްދާ ވަޙީދު   18 ސެޕްޓެމްބަރު 2025 - 10:7
މޯދީގެ ހަޔާތަށް ހަދާ ފިލްމުގެ ލީޑު ތަރި-
މޯދީގެ ހަޔާތަށް ހަދާ ފިލްމުގެ ލީޑު ތަރި-
އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދިރިއުޅުމާ ގުޅޭގޮތުން ފިލްމެއް ހަދަން ނިންމާފައިވާކަން އިއުލާން ކޮށްފިއެވެ.

މިކަން އިއުލާންކޮށް އޭގެ ފަސްޓްލުކް ޕޯސްޓަރު ދައްކާލާފައިވަނީ މޯދީގެ 75 ވަނަ އުފަން ދުވަހާ ގުޅުވައިގެންނެވެ.

މި ފިލްމަކީ އިންޑިއާގެ ސައުތު ސިނަމާއިން އުފައްދާ ފިލްމެކެވެ. މި ފިލްމަށް ދީފައިވާ ނަމަކީ "މާ ވަންދޭ: ދި އެންތަމް އޮފް އަ މަދާ" އެވެ.

ފިލްމުގައި މޯދީގެ ރޯލު ކުޅެން ނަގާފައި ވަނީ އުމުރުން 37 އަހަރުގެ މަލަޔާޅަމް އެކްޓަރު އުއްނި މުކުންދަން އެވެ. މިއީ ވީރު ރެޑީ ޕްރޮޑިއުސްކޮށް، ކްރަންތީ ކުމާރު ޑައިރެކްޓް ކުރަން ހަމަޖެހިފައިވާ ފިލްމެކެވެ.

މީގައި މޯދީގެ ޒާތީ ދިރިއުޅުމާއި ސިޔާސީ ކެރިއަރާ އެކު އޭނަގެ ހަޔާތުގެ ގިނަ އުސްއަލިތަކަށް އަލިއަޅުވާނެއެވެ. އަދި ވަކިން ހާއްސަކޮށް މޯދީ، އޭނަގެ މަންމައާ ބޭއްވި ގާތް ގުޅުން "މާ ވަންދޭ" ގައި ދައްކުވައި ދޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު