ދިވެހި ޕާސްޕޯޓް
ދިވެހި ޕާސްޕޯޓް
ޕާސްޕޯޓު ކާޑުގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލައިފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނީ ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް މިވަގުތު ކުރިއަށްދާތީ ޕާސްޕޯޓު ކާޑުގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާ ލައިފައިވާ ކަމަށެވެ.

އަދި އެކަމާ ގުޅިގެން ހިދުމަތް ހޯދައްވާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް މާފަށް އެދޭ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ޕާސްޕޯޓް ކާޑު ތައާރަފްކުރީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި 2017 ގައެވެ. އެއީ ވިޔަފާރީގެ ގިނަ މުއާމަލާތްތަކެއް ކުރެވޭ ގޮތަށް ތައާރަފްކޮށްފައިވާ ކާޑެކެވެ.

އެގޮތުން ރައްޔިތުން ބޭނުންވާނަމަ ކޭޝް ކާޑުތަކުގެ އިތުރުން ވަކިވަކިން ގެންގުޅޭ އައިޑީކާޑާއި ލައިސަންސް ކާޑުވެސް ޕާސްޕޯޓު ކާޑުގައި ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު