މަރްޔަމް ނަހްދާ ވަޙީދު   12 ސެޕްޓެމްބަރު 2025 - 9:48
ސައްޔާރާގެ ޕޯސްޓަރު-
ސައްޔާރާގެ ޕޯސްޓަރު-
މި އަހަރު ނެރުނު ބޮލީވުޑް ފިލްމުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމު ކަމުގައިވާ "ސައްޔާރާ" ނެޓްފްލިކްސް އަށް ދޫކޮށްލައިފިއެވެ.

މިދިޔަ ޖުލައި މަހު ސިނަމާތަކަށް ނެރުނު މި ފިލްމުގެ ލީޑުން ފެނިފައިވަނީ ފިލްމީ ދާއިރާއަށް މުޅިން އާ ތަރިންތަކެކެވެ. އެއީ އަހާން ޕާންޑޭ އާއި އަނީތާ ޕާންޑޭއެވެ.

މި ފިލްމަކީ މަޝްހޫރު ޑައިފެކްޓަރު މޯހިތު ސޫރީ ޑައިރެކްޓުކުރި ލޯބީގެ އަސަރުގަދަ ފިލްމެކެވެ.

ކުރިން އުންމީދު ވެސް ނުކުރާ ވަރުގެ ބޮޑު ތަރުހީބެއް "ސައްޔާރާ" އަށް ލިބި، ޖުލައި މަހުގެ 18 ގައި ސިނަމާތަކަށް ގެނައި ފިލްމަށް ބޮކްސް އޮފީހުގައި ޖުމްލަ 577.63 ކްރޯޑް ރުޕީސް (65.4 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބިފައިވެއެވެ.

އެއާއެކު މިހާތަނަށް އެންމެ ބޮޑު އާމްދަނީއެެއް ހޯދި ބޮލީވުޑްގެ ފުރަތަމަ ލޯބީގެ ފިލްމަށް މި ފިލްމު ވަނީ ވެފައެވެ.



ކިޔުންތެރިންގެ ހިޔާލު