ނ. ލަންދުއަށް މަސްތުވާތަކެތި އެތެރެކުރި ތިން މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަންތައް ހިންގާފައިވަނީ ވަކިވަކިން ކަމަށާއި، އެގޮތުން މިދިޔަ ހޯމަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ލަންދޫން ހައްޔަރުކުރީ މާޅެންދޫ ދެ ޒުވާނުން ކަމަށެވެ.
އެ އޮޕަރޭޝަންގައި ހައްޔަރުކުރީ ނ. މާޅެންދޫ / ހަވޭލި، ޙަސަން މުޙައްމަދު (33އ) އާއި ނ. މާޅެންދޫ / މޫންލައިޓް، އިމްރާން ޢަލީ (30އ)އެވެ. އެދެމީހުން ހައްޔަރުކުރީ ލަންދޫ ގެއެއް ބަލައިފާސްކޮށް މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓަކާއި 11 ކަރުދާސްކޮޅު ފެނިގެންކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި ދެމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ލަންދޫގައި ހިންގި ދެވަނަ އޮޕަރޭޝަނަކީ މިދިޔަ ހޮނިހިރު ދުވަހު މާލެއިން ނ. އަތޮޅަށް ދަތުރުކުރަމުންދާ ފެރީއަކުން ލަންދޫއަށް މަސްތުވާތަކެތި ގެންދާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި އޮޕަރޭޝަންގައި ހައްޔަރުކުރީ ހިތަދޫ / ގާފިލާ، އަޙުމަދު އަބާން ޢަލީ (20އ) އެވެ.
އޭނާ ހައްޔަރުކުރީ ލަންދޫ ބަނދަރުމަތިން ކަމަށާއި، އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅަކާއި، ފިލްމު ހުސްކުރި ދަޅެއް ފެނުނު ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ. އަޙުމަދު އަބާން ޢަލީގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން ފަސްދުވަހަށް ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ބުނީ މި ދެމައްސަލަ ވެސް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު