އަކްޝޭ ކުމާރު-
އަކްޝޭ ކުމާރު-
ބޮލީވުޑްގެ މަޝްހޫރު ތަރި އަކްޝޭ ކުމާރުގެ 200 ވަނަ ފިލްމު އޭނާގެ އުފަންދުވަހުގައި އިއުލާން ކުރާނެ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

އަކްޝޭ ކުމާރު އަށް 58 އަހަރު ފުރޭނީ މި ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. އޭނާގެ 200 ވަނަ ފިލްމު އިއުލާން ކުރަން ނިންމާފައިވަނީ މިދުވަހު ކަމަށް ބޮލީވުޑް ހަންގާމާއިން ވަނީ ރިޕޯޓު ކޮށްފައެވެ.

އިތުބާރު ހިފޭ މަސްދަރަކާ ހަވާލާދީ ބޮލީވުޑް ހަންގާމާއިން ބުނީ މި ފިލްމު ވާނީ އަކްޝޭގެ 'ފޭނުން' އޭނާއަށް ދެމުންދާ ލޯބީގެ ބަދަލުގައި އޭނާ އެފަރާތްތަކަށް ދޭ ވަރަށް ހާއްސަ ޓްރިބިއުޓަކަށް ކަމަށެވެ.

ބޮލީވުޑްގައި 30 އަހަރު ދުވަހަށްވުރެ ގިނަދުވަހު މަސައްކަތް ކޮށްފައިވާ އަކްޝޭ ވަނީ ފާއިތުވި އަހަރުތަކުގައި ގިނަ މަގުބޫލު ފިލްމުތަކެއް ކުޅެފައެވެ. އޭނާއަށް 200 ފިލްމާ ހަމައަށް ވާސިލްވެފައި މިވަނީ އަހަރެއްތެރޭ ތިން ހަތަރު ފިލްމު ކުޅޭތީ ކަމަށް ރިޕޯޓުގައި ވެއެވެ.

އުފަންދުވަހު 200 ވަނަ ފިލްމު އިއުލާން ކުރަން ނިންމާފައިވާއިރު، އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ "ޖޮލީ އެލްއެލްބީ 3" އިންނެވެ.



ކިޔުންތެރިންގެ ހިޔާލު