ބ. ދޮންފަނުގެ ބިން ހިއްކައިފި ނަމަ، ހަނިފަރުގެ ސަރަހައްދަށް ބޮޑު ގެއްލުމެއް ލިބިދާނެކަމަށް ބެލެވޭތީ ދޮންފަނު ބިން ހިއްކުމާ ދެކޮޅަށް ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ.
ދޮންފަނާ ޖެހިގެން އޮންނަނީ ޓޫރިސްޓުންގެ މެދުގައި މަންޒިލެއް ކަމުގައިވާ ހަނިފަރުބޭއެވެ. ޓޫރިސްޓުންގެ މެދުގައި މި މަންޒިލް މަގުބޫލުވެފައިވަނީ މިއީ ގިނަ އަދަދެއްގެ މަޑިތައް ފެންނަ ސަރަހައްދަކަށް ވާތީއެވެ.
ދޮންފަނުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ވަނީ އެ ރަށުގެ ފަޅުން 13 ހެކްޓަރުގެ ބިން ހިއްކަން ނިންމައި އެ މަޝްރޫއު ކުންފުންޏަކާ ހަވާލުކޮށްފައެވެ.
ނަމަވެސް ދޮންފަނުގެ ބިން ހިއްކުމާ ދެކޮޅަށް މަސައްކަތްކުރާ، ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ ރެޒިލިއަންސް މޯލްޑިވްސްއިންވަނީ ދޮންފަނުގެ ފަޅު ހިއްކުމާ ދެކޮޅަށް ޕެޓިޝަނެއް ހުޅުވާލާފައެވެ.
އެ ޕެޓިޝަންގައި ބުނީ ދޮންފަނު ފަޅުން ހިއްކައިފިނަމަ ހަނިފަރުބޭ ނުރައްކަލަށް ހުށަހެޅި އެ ސަރަހައްދުގެ ދިރުންތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމަށެވެ.
ހަނިފަރަކީ ޓޫރިސްޓުންގެ މެދުގައި މަގުބޫލުވެފައިވާ މަންޒިލަކަށްވުމުން އެތަނުގެ ދިރުންތަކަށް ގެއްލުންވެއްޖެނަމަ އެކަމުގެ ނޭދެވޭ އަސަރު އިގުތިސޯދަށް ކުރާނެކަމަށް ޕެޓިޝަންގައި ބުންޏެވެ.
ދޮންފަނު ބިން ހިއްކަން ފެށުމުން، އެ ސަރަހައްދުގެ އޮއި ދައުރުވާ ގޮތަށް ބަދަލުތަކެއް އަންނާނެ ކަމަށާއި އެކަމުގެ ސަބަބުން ހަނިފަރުބޭގައި އުޅޭ ދިރުންތަކުގެ ކާނާގެ ނިޒާމަށް އަސަރުކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، އަދި އެ ސަރަހައްދުގެ މުރަކަތައް މަރުވުމަކީވެސް އެކަށީގެންވާކަމެއް ކަމަށް ޕެޓިޝަންގައި ވެއެވެ.
ކަނޑުގެ ދިރުންތަކަށް އަސަރު ކުރުމުގެ އިތުރުން އެ ސަރަހައްދުން އިގުތިސޯދީ ނަފާ ހޯދަމުންދާ ވިޔަފާރިތަކަށްވެސް އެކަމުގެ އަސަރު ކުރާނެކަމަށް ޕެޓިޝަންގައި ފާހަގަކޮށްފައި ވެއެވެ.
އެހެންވެ ޕެޓިޝަންގައި ގޮވާލާފައިވަނީ ދޮންފަނުގެ ފަޅު ހިއްކުމުގެ މަޝްރޫއާ މެދު ދެވަނަ ވިސްނުމަކަށް ދިޔުމަށެވެ. އަދި އެންވަޔަރަމެންޓް އިމްޕެކްޓު އެސެސްމެންޓް (އީއައިއޭ) ރިޕޯޓެއް ނުހަދައި، ދޮންފަނު ފަޅު ހިއްކުމުގެ މަޝްރޫއު ކުރިއަށް ނުގެންދިއުމަށެވެ.
މި ޕެޓިޝަންގައި މިހާތަނަށް 3،000 އަށްވުރެ ގިނަ މީހުން ސޮއިކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު