މަރްޔަމް ނަހްދާ ވަޙީދު   5 ސެޕްޓެމްބަރު 2025 - 10:45
ސުޕަމޭންގެ މަންޒަރެއް-
ސުޕަމޭންގެ މަންޒަރެއް-
ދާދި ފަހުން ގެނެސްދިން ސުޕަހީރޯ ފިލްމު "ސުޕަމޭން" ގެ ސީިކުއެލް އެއް އުފައްދަން ނިންމައި އެކަން އިއުލާން ކޮށްފިއެވެ.

މިކަން ހާމަކުރަމުން މަޝްހޫރު ޑައިރެކްޓަރު ޖޭމްސް ގަން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ އާ ފިލްމުގެ ނަމަކީ "ސުޕަމޭން: މޭން އޮފް ޓުމޯރޯ" ކަމަށެވެ. ސުޕަމޭންގެ ފުރަތަމަ ފިލްމެކޭ އެއްފަދައިން މި ފިލްމުވެސް ލިޔެ ޑައިރެކްޓް ކުރާނީ ޖޭމްސް އެވެ.

މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައިވަނީ 2027 ގައެވެ.

މިދިޔަ ޖުލައި 11 ގައި ސިނަމާތަކަށް ނެރުނު "ސުޕަމޭން" އަށް ބޮކްސް އޮފީހުގައި 612 މިލިއަން ޑޮލަރުގެ އާމްދަނީއެއް ވަނީ ލިބިފައެވެ.



ކިޔުންތެރިންގެ ހިޔާލު