މަރްޔަމް ނަހްދާ ވަޙީދު   4 ސެޕްޓެމްބަރު 2025 - 9:18
އަހާން ޝެޓީ-
އަހާން ޝެޓީ-
މަޝްހޫރު އެކްޓަރު ސުނިލް ޝެޓީގެ ދަރިފުޅު އަހާން ޝެޓީއަށް ބިރުވެރި ފިލްމެއް ހުށަހަޅާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

އަހާން ސޮއިކުރި ބިރުވެރި ފިލްމަކީ މަޝްހޫރު ސްކްރީން ރައިޓަރު ޕެޓްރިކް ގްރަމްހަމްގެ ސްކްރީންޕްލޭއަކަށް ހަދަން ހަމަޖެހިފައިވާ ފިލްމަކަށެވެ. މީގެ ވާހަކަ ބިނާކޮށްފައި އޮތީ ތާރީހީ ހަގީގީ ހާދިސާއެެއްގެ މައްޗަށް ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

މި ފިލްމުގެ ނަން އަދި ހާމަކޮށްފައި ނުވިނަމަވެސް ފިލްމު ޕްރޮޑިއުސް ކުރާނީ ހިޔާތީ މަދާންގެ ނޮޓް އައުޓް އެންޓަރޓެއިމަންޓާއި ޕްރަޝާންތު ގުލްޖަންކަރު ގުޅިގެން ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

މި ޕްރޮޖެކްޓަށް ޑައިރެކްޓަރަކު ފައިނަލް ކުރުމާއި ބަތަލާ އަކު ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ.

އަހާން މިހާރު މަސައްކަތް ކުރަމުންދަނީ 'ބޯޑާ 2' ގައެވެ. މި ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އަހަރު ޖެނުއަރީގައެވެ.



ކިޔުންތެރިންގެ ހިޔާލު