ބޮލީވުޑްގެ ތަރި ކާޖަލް އަގަރްވާލް ޗުއްޓީ ހޭދަކުރުމަށް ރާއްްޖެ އަތުވެއްޖެއެވެ.
މިއީ މިއަހަރު އޭނާ ރާއްޖެ އައި ދެވަނަ ފަހަރެވެ. މިއަހަރު ޖޫން މަހުގައި އޭނާގެ 40 ވަނަ އުފަންދުވަސް ފާހަގަ ކޮށްފައިވަނީވެސް ރާއްޖޭގައެެވެ. އެގޮތުން އެފަހަރު އުފަންދުވަސް ފާހަގަކޮށްފައިވަނީ ބަގްލިއޯނީ މޯލްޑިވްސްގައެވެ.
މައުލޫމާތު ލިބޭ ގޮތުގައި ކާޖަލް އާއިލާއާ އެކު މި ފަހަރު ޗުއްޓީ ހޭދަކުރަނީ ދާދި ފަހުން ހުޅުވި ދުސިތު2 ފޭދޫ މޯލްޑިވްސް ރިސޯޓްގަ އެވެ.
މި ދަތުރުގެ ފޮޓޯތަކެއް އޭނާގެ އިންސްޓަގްރާމް ޕޭޖުގައިވެސް ހިއްސާކޮށްފައި ވެއެވެ.
ކާޖަލް އެންމެ ފަހުން ފެނިފައިވަނީ ޖޫން 27 ގައި ރިލީޒްކުރި ތެލެގޫ ފިލްމި "ކަނައްޕާ" ގެ ހާއްސަ ފެނިލުމަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު