މަރްޔަމް ނަހްދާ ވަޙީދު   29 އޯގަސްޓު 2025 - 9:7
ލެމަންގްރާސް ސައި-
ލެމަންގްރާސް ސައި-
އިސްތަށިގަނޑު އަވަހަށް ދިގުކޮށް ވަރުގަދަ ކުރުމަކީ ކޮންމެ މީހަކުވެސް ބޭނުންވާނެ ކަމެކެވެ. ދިގު އިސްތަށިގަނޑެއްގެ ސަބަބުން މީހާގެ ރީތިކަން އިތުރުކޮށްދެއެވެ. އިސްތަށިގަނޑު އަވަހަށް ދިގުކޮށް، ގުސުރަޔީ ރީތިކަން ދަމަހައްޓަން ބޭނުންވާނަމަ ލެމަންގްރާސް ސައި ބޭނުން ކުރެވިދާނެއެވެ.

ލެމަންގްރާސް އަކީ ހަމައެކަނި ކާއެއްޗެއްހި ތައްޔާރުކުރުމަށާއި، ބޭސްވެރިކަމަށް ބޭނުން ކުރާ އެއްޗެއް ނޫނެވެ. މިއީ ގިނަ އަދަދަކަށް ވިޓަމިނާއި މިނަރަލްތައް ހިމެނޭ އެއްޗެއް ކަމުން މީގައި މީހާގެ ބޮލުގެ ހަންގަނޑުގެ ސިއްހަތު ރަނގަޅުކޮށްދޭ ސިފަތައް ހިމެނެއެވެ. އޭގެ ސަބަބުން އިސްތަށިގަނޑު އަވަހށް ދިގުވެ، އިސްތަށިގަނޑު ބޯވެސް ވެއެވެ.

މީގައި ހިމެނޭ ވިޓަމިން އޭ، ސީ އަދި ފޮލޭޓާއި، އަދި އަޔަން އާއި މެގްނީޒިއަމް ފަދަ މިނަރަލްތަކުގެ ސަބަބުން އިސްތަށީގެ ފޮލިކަލްތަކަށް ބޭނުންވާ މާއްދާތައް ލިބި ފޮލިކަލްތައް ވަރުގަދަވެއެވެ. އަދި މީގައި ހިމެނޭ 'އެސްޓްރިންޖެންޓް' ސިފަތަކުގެ ސަބަބުން ބޮލުގައި ހަންފޮޅުން ހުއްޓުވައިދެއެވެ.

މީގެ އިތުރުން މިއީ އެންޓިސެޕްޓިކް މާއްދާތަކެއް ހިމެނިފައިވާ އެއްޗެއްކަމުން ބޮލުގެ ހަންގަނޑުގެ އިންފެކްޝަންތަކުން މީހާ ދުރުކޮށްދީ، އިސްތަށި ފޭބުންވެސް ހުއްޓުވައިދެއެވެ.

އިސްތަށިގަނޑަށް ބޭނުންވާ ލެމަންގްރާސް ސައި ތައްޔާރުކުމަށް ބޭނުންވާނީ 4 ލެމަންގްރާސް އާއި 3 ޖޯޑު ފެނުގެ އިތުރުން ރޯސްމޭރީ އެސެންޝިއަލް އޮއިލް އަދި 1 ސަމުސާ އެލޮވީރާ ޖެލް އެވެ.

މި ތައްޔާރު ކުރުމަށްޓަކައި ލެމަންގްރާދް ރަނގަޅަށް ދޮވެފައި އޭގައި ހުންނަ ގުދުރަތީ ތެޔޮތައް ނެރެން ވަޅީގެ ތޫނު ނޫން ފަޅިން އޭގައި އަޅާނީއެވެ. އެއަށްފަހު ފެން ކެކުމުން 7 މިނެޓު ވަންދެން ލެމަންގްރާސްތައް އަޅާފައި ކަށްކާނީއެވެ. ފެންގަނޑުގައި 'ގޯލްޑެން' ކުލައެއް ޖެހުމުން ފެން ފުރާނާފައި ބޯތަށްޓަކަށް އަޅައި ހިހޫ ވަންދެން ބަހައްޓާނީއެވެ. އަދި ހިހޫވުމުން ރޯސްމޭރީ އޮއިލް އާއި އެލޮވީރާ އަލާފައި އެއްކޮށްލާނީއެވެ.

މި ސައި ބޭނުންކުރާނީ ޝޭމްޕޫ ބޭނުންކުރާ ގޮތަށެވެ. އަދި ބޮލަށް މި އެޅުމަށްފަހު 3 މިނެޓަށް މަސާޖު ކުރަން ޖެހޭނެއެވެ. އެއަށްފަހު 10 މިނެޓު ބަހައްޓާފައި ދޮވެލާނީއެވެ.

ހަފްތާއެއްގެ 2 ދުވަހު މި ބޭނުން ކުރުމުން ނަތީޖާ ވަަރަށް އަވަހަށް ފެންނާނެއެވެ.



ކިޔުންތެރިންގެ ހިޔާލު