ލިންކިން ޕާކު ބޭންޑު
ލިންކިން ޕާކު ބޭންޑު
އެމެރިކާގެ މަޝްހޫރު ބޭންޑެއް ކަމަށްވާ 'ލިންކިން ޕާކް' ގެ ޝޯއެއް އިންޑިއާގައި ބާއްވަން ނިންމައިފިއެވެ.

މި ޝޯ ބާއްވަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެ ގައުމުގައި ބާއްވާ މިއުޒިކް ފެސްޓިވަލް 'ލޮލަޕަލޫޒާ އިންޑިއާ' ގެ ތެރެއިންނެވެ.

މިއީ މި ރޮކް ބޭންޑުން އިންޑިއާގައި ޝޯއެއް ދޭ ފުރަތަމަ ފަހަރެވެ. މި ޝޯއަކީ އެ ބޭންޑުން މިދިޔަ އަހަރު ފެށި "ފްރޮމް ޒީރޯ ވޯލްޑް ޓުއާ" ގެ ދަށުންދޭ ޝޯއެއް ކަމަށްވީއިރު، މި ޓުއާ އަންނަ އަހަރު ޖޫން މަހާ ހަމައަށް ކުރިއަށްދާނެއެވެ.

'ލިންކިން ޕާކް' ބޭންޑްގެ މެންބަރު އަދި ކޯ-ފައުންޑަރުންގެ ތެރޭގައި ހިމެނޭ މައިކް ޝިނޯޑާ ބުނީ އިންޑިއާގައި ޝޯއެއް ދިނުމަކީ ބޭންޑުން ކުރަމުން އައި ވަރަށް ބޮޑު އުންމީދެއް ކަމަށެވެ.

އިންޑިއާގައި ތިބި ފޭނުންނަށްޓަކައި ލައިވް ޝޯއެއް ދެވޭނެ ގޮތް ހަމަޖެހުނީތީ ވަރަށް އުފާވާ ކަމަށާއި މިއީ ވަރަށް ހާއްސަ ޝޯއަކަށް ވާނޭ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު