ސިނަމާލެ ބްރިޖު ޓެރެފިކް ފްލޯ އޮމާންކަމާއެކު ކުރިއަށްދާކަން ޔަގީން ކުރުމަށް އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފިއެވެ.
ފުލުހުން ބުނީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އަޅާ ޖަންކްޝަންގައި ހަރުކުރެވިފައިވާ ޓްރެފިކް ލިއިޓުތައް ނިވުމުގެ މައްސަލަ ދިމާވަމުންދާ ކަމަށެވެ.
މި މައްސަލަ ހައްލުކުރުމަށް ކަމާބެހޭ ފަރާތްތަކުން މަސައްކަތް ކުރަމުންދާއިރު، އެ ސަރަހައްދުގެ ޓްރެފިކް ފްލޯ އޮމާންކަމާއެކު ކުރިއަށްދާކަން ޔަޤީންކުރުމަށް ފުލުހުން ހަރަކާތްތެރިވަމުންދާނެ ކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.
އެހެންކަމުން އެ ސަރަހައްދުން ދަތުރު ކުރައްވާ ފަރާތްތަކުން މިކަަމަށް ސަމާލުވެ ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު