މަރްޔަމް ނަހްދާ ވަޙީދު   17 އޯގަސްޓު 2025 - 18:31
އެވްލީ އާއި ލާލި އާއެކު ބެލުންތެރިން ފޮޓޯ ނަގަނީ- ފޮޓޯ: ނަހުލާ
އެވްލީ އާއި ލާލި އާއެކު ބެލުންތެރިން ފޮޓޯ ނަގަނީ- ފޮޓޯ: ނަހުލާ
އޮލިމްޕަހުގައި ކާމިޔާބު 50 ޝޯ ދެއްކުމަށްފަހު އިތުރަށް އޮލިމްޕަސް ލިބެން ނެތުމާ ގުޅިގެން ދިވެހި ފިލްމު "ސޮރީ" ދެން ބަދަލުވީ ހުޅުމާލެ ޝްވެކް ސިނަމާއަށެވެ.

ދިވެހި ފިލްމީ ދާއިރާގައި ނަންވިދާ ތަރިންނާއެކު އުފައްދާފައިވާ މި ފިލްމަކީ މަޝްހޫރު ލިތުންތެރިޔާ އަދި ޑައިރެކްޓަރު ފާތިމަތު ނަހުލާ (ނަހޫ) ގެ އެންމެ ފަހުގެ ޑައިރެކްޝަނެވެ.

މިދިޔަ މަހު 07 ގައި ޝްވެކް ސިނަމާގައި "ސޮރީ" ގެ ފުރަތަމަ ޝޯ ވަނީ ދައްކާފައެވެ. އަދި އޭގެ ފަހުން މިހާތަނަށް ދެއްކި ކޮންމެ ޝޯއެއްވެސް ދައްކާފައިވަނީ 100 ޕަސެންޓު ހައުސްފުލްކޮށް ކަމަށް ނަހޫ ވަނީ ބުނެފައެވެ.

މިހާރު ސޮރީގެ ޓިކެޓު ލިބެން ހުރީ މިމަހު 21 އަދި 22 ވާ ހަފްތާ ބަންދަށެވެ.

މި ފިލްމަށް އާންމުންގެ ތަރުހީބު އޮތްވަރު ދައްކުވައިދިން ކުރު ވީޑިއޯއެއް މިއަދު ޓިކްޓޮކް އަދި ފޭސްބުކްގައި ހިއްސާ ކުރަމުން ނަހޫ ވަނީ ބެލުންތެރިން އެ ދިން ލޯތްބާއި ސަޕޯޓަށް ޝުކުރު އަދާކޮށްފައެވެ.



މި ވީޑިއޯއިން ފެންނަނީ ބެލުންތެރިން ބޮޑު ކިއުގައި ތިބެ ފިލްމުގެ ލީޑުން ފެނިގެންދާ ލާލި އާއި އެވްލީއާއެކު ފޮޓޯ ނަގައި، އެކުދިންނާ ސަލާމްކޮށްލުމަށް މަސައްކަތް ކުރާ މަންޒަރެވެ. މިއީ މިހާތަަނަށް ފެނިފައި ނުވާފަދަ މަންޒަރެކެވެ.

"ސޮރީ" އަކީ ތެލެސީމިއާ ކުދިންގެ ދިރިއުޅުމާ ބެހޭގޮތުން ހަދާފައިވާ ވަރަށް އިބްރަތްތެރި، ވަރަށް އަސަރުގަދަ ފިލްމެކެވެ.

މިއީ ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ބަޔަކު ބަލާފައިވާ ފިލްމުވެސް މެއެވެ.



ކިޔުންތެރިންގެ ހިޔާލު