ބޮލުގައި ކުލަ ޖައްސަނީ-
ބޮލުގައި ކުލަ ޖައްސަނީ-
އިސްތަށިގަނޑު އަބަދު އެއްގޮތަކަށް ބާއްވަން ގިނަ މީހުން ބޭނުމެއް ނުވެއެވެ. އެގޮތުން ދޭތެރެ ދޭތެރެއިން ބޯ ކޮށާލައި، ނުވަތަ ބޮލުގައި ކުލަ ޖެއްސުން ކަހަލަ ކަމެއް ނުކޮށް ލޮލަށް ނިދިވެސް ނާންނަ މީހުން އުޅެއެވެ. މިފަހަރު މި ހިމަނާލަނީ ބޮލުގައި ކުލަ ޖެއްސުމުގެ ކުރިން ވިސްނަންވީ ބައެއް ކަންކަމެވެ.

ބޭނުންވާ "ލުކް" ދިރާސާކުރުން

ބޮލުގައި ޖައްސަން ބޭނުންވަނީ ސީދާ ކޮން ކުލައެއްކަން، އަދި އެ ކުލަ ހުންނަން އެދޭ ގޮތާއި ބެހޭގޮތުން އަމިއްލައަށް އިންޓަނެޓުން ދިރާސާ ކުރުމަކީ އެންމެ މުހިއްމު އެއް ކަމެވެ. އަދި ބޭނުންވާ ލުކްގެ ފޮޓޯއެއް ހޯދާފައި ބާއްވާށެވެ. އޭރުން ސެލޫންއަށް ގޮސް ސްޓައިލިސްޓަށް ފޮޓޯ ދެއްކުމުން ސީދާ ބޭނުންވާ ކުލަ ގެނެސްދިނުމަށް ފަސޭހަވާނެއެވެ.

ގިނައިރު ހޭދަވުން

ބޮލުގައި ކުލަ ޖެއްސުމަކީ އެހާ ފަސޭހަކަމެއް ނޫނެވެ. އެއްބައި ކުލަތައް ގެނައުމަށް ވަރަށް ގިނަ އިރު ނަގައިފާނެއެވެ. އަދި އެންމެ ކުލަ ދަޅަކުން ބޭނުންވާ ކުލަ ނުވެސް އަރައިފާނެއެވެ. ވީމާ ދެތިން ފަހަރު ކުލަ ޖައްސަން ޖެހޭ ހާލަތްތައް ވެސް އާދެއެވެ. ވީމާ ބޮލުގައި ކުލަ ޖެއްސުމަކީ ވަރަށް ގިނަ ވަގުތު ހޭދަވާ ކަމެއް ކަން ދަނެގެން، ކެތްތެރިވުން މުހިއްމެވެ.

އިސްތަށިގަނޑު ހަލާކުވުން

ކުލަ ޖެއްސުމުގެ ސަބަބުން އިސްތަށިގަނޑު ޤުދުރަތުން އޮންނަ ގޮތް ބަދަލުވެ، އޮފު ކަން ކެނޑޭ ގޮތް ވެއެވެ. އަދި ޙާއްސަކޮށް ބްލީޗު ކުރުމަކީ އިސްތަށިގަނޑަށް ގެއްލުންވާ ކަމެކެވެ. ބައެއް ޙާލަތްތަކުގައި އިސްތަށި ފޭބުމަށް މެދުވެރިވާ ކަމަށް ވެސް ތަޖުރިބާކާރުން ބުނެއެވެ. އެހެންކަމުން، ކުލަ ޖެއްސުމުގެ ކުރިން މިކަން ކަމަށް ވިސްނަން ޖެހެއެވެ.



ކިޔުންތެރިންގެ ހިޔާލު