ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ފިލްމު "ސައްޔާރާ" ގެ ސީކުއެލް އެއް އުފެއްދުމުގެ ހިޔާލެއް ނެތްކަމަށް ޑައިރެކްޓަރު މޯހިތު ސޫރީ ބުނެފިއެވެ.
މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި މޯހިތު ބުނީ އޭގެ ދެވަނަ ބައެއް ހަދާ ނަމަ އެކަމާ ރަސްމީކޮށް ގޮތެއް ނިންމާނީ ޕްރޮޑިއުސަރު ކަމަށެވެ. އެކަމަކު "ސައްޔާރާ" އުފެއްދި ޕްރޮޑިއުސަރު އަދިތިޔާ ޗޯޕްޅާ، އޭގެ ސީކްއެލްއެއްގެ ވާހަކަ މިހާތަނަށް ދައްކާފައި ނުވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.
އޭނާ އިތުރަށް ބުނީ ޕްރޮޑިއުސަރު ސީކްއެލްއެއް ހަދަން ނިންމައިފިނަމަ އެކަމާ ކުރިމަތިލައި އެކަން ކުރާނެ ކަމަށެވެ.
މޯހިތު އިތުރަށް ބުނީ ބައެެއް ފަހަރު ސީކްއެލްތައް ހަދައިގެން އެބަހުރި ފުރަތަމަ ފިލްމުގެ ހަގީގީ ޖާދޫ ގެއްލިފައިވެސަ އެބަހުރި ކަމަށެވެ. އެހެންނަމަވެސް އޭނާއަކީ ސީކުއެލް އާ ދެކޮޅު މީހެއް ނޫން ކަމަށް މޯހިތު ވަނީ ބުނެފައެވެ.
މިދިޔަ މަހު 18 ގައި ސިނަމާތަކަށް ނެރުނު "ސައްޔާރާ" އަކީ މިއުޒިކަލް ރޮމޭންޓިކް ޑްރާމާއެކެވެ. އާ ތަރިންގެ ލީޑަކާއެކު ގެނެސްދިން މި ފިލްމުވީ މުޅި އިންޑިއާ ސިއްސުވާލި ބޮޑު ހިޓަކަށެވެ.

ކިޔުންތެރިންގެ ހިޔާލު