ބޮލީވުޑްގެ ތަރި ކާރތިކް އާރިޔާންގެ ކުރިއަށްއޮތް މިއުޒިކަލް ފިލްމު ނެރޭ ދުވަސް ފަސްކޮށްފައިވާ ކަމަށް މީޑިއާތަކުން ބުނެފިއެވެ.
ނޮވެމްބަރު މަހުގެ ތެރޭގައި އިންޑިއާގައި ފާހަގަކުރާ ދިވާލީ ފެސްޓިވަލްތަކުގެ ތެރޭގައި މި ފިލްމު ސިނަމާތަކަށް ގެންނަން ކުރިން ތާވަލުކުރިނަމަވެސް، މިހާރު ފިލްމު ގެނެސްދޭން ނިންމާފައިވަނީ ޑިސެމްބަރު 25 ގައެވެ.
މި ފިލްމަކީ ލޯބީގެ މިއުޒިކަލް ފިލްމެއް ކަމަށްވީއިރު މި ފިލްމުގައި ކާތިކު އާއެކު ލީޑުން ފެނިގެންދާނީ ސްރީލީލާއެވެ. މި ފިލްމު ޑައިރެކްޓު ކުރާނީ އަނުރާގް ބާސޫއެވެ.
މިއީ އަނޫރާގާ އެކު ކާތިކް މަސައްކަތްކުރި ފުރަތަމަ ޕްރޮޖެކްޓެވެ. އަދި މިއީ ދެކުނު ބަތަލާ ސްރީލީލާ ބޮލީވުޑަށް ތައާރަފު ވާނެ ފިލްމު ވެސް މެ އެވެ.

ކިޔުންތެރިންގެ ހިޔާލު