ހުޅުމާލޭގައި ރޭ ބާރު ސްޕީޑުގައި ކާރު ދުއްވި ޒުވާނާ ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލައިފިއެވެ.
އިތުރު އަންހެނަކާ އެކު ބާރު ސްޕީޑުގައި ކާރު ދުއްވުމުން މަގުމަތީ ތިބި ޓްރެފިކް ފުލުހުންވަނީ ކާރު ހުއްޓުމަށް އަންގާފައެވެ.
ނަމަވެސް އެމީހުންވަނީ އެ އަމުރަށް ކިޔަމަންނުވެ ބާރު ސްޕީޑުގައި ދެންވެސް ދުއްވާފައެވެ. އަދި ފަހުން ފުލުހުންގެ ސައިކަލުގައި ވެސް ވަނީ ޖައްސާފައެވެ.
ނަމަވެސް ފުލުހުން މިރޭ ބުނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ހާޒިރުކުރުމުން ޝަރުތުތަކަކާ އެކު ކޯޓުން ދޫކޮށްލާފައިވާ ކަމަށެވެ. އެއީ ކޮން ޝަރުތުތަކެއް ކަމެއް ފުލުހުން ނުބުނެއެވެ.
ރޭ ބާރު ސްޕީޑުގައި ދުއްވި އެ ކާރުގައި ދެން އިން އަންހެން މީހާވެސް ހައްޔަރުކުރިއެވެ. ނަމަވެސް ފުލުހުން ރޭ ވަނީ އޭނާ ދޫކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު