މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރު އަބްދުއްސައްތާރު
މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރު އަބްދުއްސައްތާރު
މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަކީ ކުށްމަދު ޤައުމުތަކުގައި މިހާރުވެސް ތަންފީޒު ކުރަމުންދާ ސިޔާސަތެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިއާ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މެމްބަރު ވިދާޅުވީ، މަސްތުވާތަކެތި ވިއްކައި އެތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް މަރުގެ އަދަބު ދިނުމަށްޓަކައި މިހާރު އޮތް ބިލަށް އިސްލާޙުތައް ގެންނަވާނެކަން ސަރުކާރުން ހާމަކޮށްފައިވާ ކަމަށެވެ.

އަދި މަރުގެ އަދަބު ތަންފީޒު ކުރަން ސަރުކާރަކުން ބޭނުންވެއްޖެނަމަ އެކަން ކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިހާރުވެސް މަރުގެ އަދަބު އިއްވާފައި ތިބި މީހުންނަށް އެ ޙުކުމް ތަންފީޒު ނުވާކަމަށް ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ސައްތާރު ވިދާޅުވީ، އެ މައްސަލަތަކުގައިވެސް ތަންފީޒު ކުރުމުގެ ކުރިން ބަލަންޖެހޭ ކަންކަން އެބަހުރި ކަމަށެވެ. އަދި އެކި މައްސަލަތަކުގައި ޙާލަތު ތަފާތުކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.

މަސްތުވާތަކެތި ވިއްކާ ވިޔަފާރި ކުރާ ފަރާތްތަކަށް މަރުގެ އަދަބު ދިނުމަށް ޤާނޫނު ބަދަލު ކުރެއްވުމަށް ރައީސް ނިންމެވި މި ނިންމެވުމަކީ މިހާރުވެސް ދުނިޔޭގެ ފެންވަރުގައި ކުށް މަދު ޤައުމުތަކުގައި ތަންފީޒު ކުރާ ކަމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އަދި މި ސިޔާސަތު ތަންފީޒުކުރުމުގެ ހެޔޮ ނަތީޖާ އެ ގައުމުތަކުން ފެންނަ ކަމަށްވެސް ސައްތާރު ފާހަގަ ކުރެއްވިއެވެ.

ސައްތާރު އިތުރަށް ވިދާޅުވީ ޤާނޫނު ބަދަލު ކުރެވި ތަންފީޒު ކުރުމާ ހިސާބަށްދާއިރު، މި ސަރުކާރުން އެ ކަންކަން ތަންފީޒު ކުރުމަށް ފަހަތަކަށް ނުޖެހޭނެ ކަމަށެވެ.

ޝަރުއީ ކޯޓަކުން ހުކުމްކޮށް ހުރިހާ މަރުހަލާއަކުން ކުށް ސާބިތުވާ ޙާލަތްތަކުގައި ސަރުކާރުން އެކަންކަން އެގޮތުގައި ތަންފީޒު ކުރަމުންދާނެކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު