އިނގިރޭސި ކޯޓަކުން ހުކުމްކުރި މީހާ--
އިނގިރޭސި ކޯޓަކުން ހުކުމްކުރި މީހާ--
އިނގިރޭސިވިލާތުގައި ޖިންސީ ކުށެއްގައި ހުކުމްކުރި ސުންދަރްލިންގަމް ކޫޑަލިންގަމްއަކީ ދިވެއްސެއް ނޫންކަމަށް ރާއްޖޭގެ އިމިގްރޭޝަނުން ހާމަކޮށްފިއެވެ.

އިމިގްރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސަންދަރަލިންގަމް ކޫޑަލިންގަމް ނަމަކަށް ކިޔާ މީހާއަކީ ދިވެހި ސަރުކާރުގެ އެއްވެސް އިދާރާއެއްގައި ދިވެއްސެއްގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ މީހެއް ނޫން ކަމަށެވެ.

ލަންޑަނުގެ މަސާޖުޕާލާއެއްގައި މަސައްކަތްކުރާ ދިވެއްސަކު އިނގިރޭސިވިލާތުގެ ފިލްމީތަރިއަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ހަތަރު އަހަރަށް ޖަލަށްލުމަށް އެ ގައުމުގެ ކޯޓަކުން ހުކުމްކުރި ކަމަށް ބުނެ ބޭރުގެ ބައެއް މީޑިއާތަކުން ވަނީ ހަބަރު ފަތުރާފައެވެ. އަދި ރާއްޖޭގެ ބައެއް މީޑިއާތަކުން ވެސް ވަނީ އެގޮތަށް ހަބަރު ފަތުރާފައެވެ.

އިމިގްރޭޝަނުން ވަނީ، އޭނާއަކީ ދިވެއްސެއް ނޫންކަމަށް ބުނެ، އޮޅުން އަރާ ގޮތަށް އެފަދަ ހަބަރުތައް ނުފެތުރުމަށް އިލްތިމާސް ކޮށްފައެވެ.

އިނގިރޭސި ބައެއް ނޫސްތަކުގެ މައުލޫމާތުތަކަށް ބަލާއިރު އިންޑިއާގައި ތައުލީމީ ހަޔާތް ހޭދަކުރުމަށްފަހު، އޭނާ އިނގިރޭސިވިލާތަށް ހިޖުރަކުރީ ދިވެހިރާއްޖޭގައި ދިރިއުޅުމަށްފަހުއެވެ.



ކިޔުންތެރިންގެ ހިޔާލު