ގާނޫނުއަސާސީއަށް އަމަލުކުރަން ފެށިފަހުން މިވީ ދުވަސްތަކުގައި ހާމަވެފައިވަނީ ގާނޫނުއަސާސީ ފުރިހަމަ ނޫންކަންކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން އަމްރު ވިދާޅުވެއްޖެއެވެ.
އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވެރިކަން ހިންގުމާއި ވެރިކަމުގެ ސަގާފަތާއި ނިޒާމަށް ބަދަލުތަކެއް އަންނަންޖެހޭކަމަށެވެ. އެގޮތުން ވެރިކަމަކީ ޖަވާބުދާރީ ކުރެވޭ ޖަވާބުދާރީވާ ނިޒާމަކަށް ވާންޖެހޭކަމަށް އަމްރު ވިދާޅުވި އެވެ.
ނަމަވެސް، ގާނޫނުއަސާސީއަށް އަމަލުކުރަން ފެށިތާ 17 އަހަރު ވީއިރު ފެންނަން އޮތް ހަގީގަތަކީ ގާނޫނުއަސާސީ ފުރިހަމަ ނޫންކަން ކަމަށާއި ގާނޫނުއަސާސީ ބަދަލުވާންޖެހޭކަމަށް އަމްރު ވަނީ ވިދާޅުވެފައެވެ.
އޭނާ އިތުރަށް ވިދާޅުވީ، ގާނޫނުއަސާސީން އުފެދޭ ވެރިކަން ވާންވާނީ ރައްޔިތުންގެ އިހުސާސްތަކާ އެކު އަބަދުވެސް ގެންނަންޖެހޭ ބަދަލުތައް ގެނެވޭ ވެރިކަމަކަށް ކަމަށެވެ. އަދި ހިތުހުރި ގޮތަކަށް ކަންކުރަން ދޫނުދޭނެ ގޮތެއް ހޯދަންޖެހޭކަމަށާއި ވެރިކަމުގެ ނިޒާމު ބަދަލުވާންޖެހޭކަމަށް އަމްރު ވިދާޅުވެފައިވެއެވެ.
އޭނާ މިހެން ވިދާޅުވެފައިވާއިރު، މި ސަރުކާރުގެ މިނިސްޓަރުންނާ ސުވާލުކުރުމަށް މެންބަރުން އެދުމުން ވެސް ބައެއް މިނިސްޓަރުން މަޖިލީހަށް ވަޑައިނުގަންނަވާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީން މިއަދުވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ސިޓީއެއް ފޮނުވާފައެވެ.

ޤާނޫނު އަސާސީއަށް 17 އަހަރު ވީއިރު ފެންނަން އޮތް ހަޤީޤަތަކީ ޤާނޫނު އަސާސީ ފުރިހަމަ ނޫންކަން.
— Amr 🎈 (@HusenAmr) August 7, 2025
ވެރިކަން ހިންގުން ރައްޔިތުންނާ ގާތަށް އަންނަންޖެހޭ.
ޤާނޫނު އަސާސީ ބަދަލު ކުރަންޖެހޭ. https://t.co/BKbVcbjzUP
އޭނާ އިތުރަށް ވިދާޅުވީ، ގާނޫނުއަސާސީން އުފެދޭ ވެރިކަން ވާންވާނީ ރައްޔިތުންގެ އިހުސާސްތަކާ އެކު އަބަދުވެސް ގެންނަންޖެހޭ ބަދަލުތައް ގެނެވޭ ވެރިކަމަކަށް ކަމަށެވެ. އަދި ހިތުހުރި ގޮތަކަށް ކަންކުރަން ދޫނުދޭނެ ގޮތެއް ހޯދަންޖެހޭކަމަށާއި ވެރިކަމުގެ ނިޒާމު ބަދަލުވާންޖެހޭކަމަށް އަމްރު ވިދާޅުވެފައިވެއެވެ.
އޭނާ މިހެން ވިދާޅުވެފައިވާއިރު، މި ސަރުކާރުގެ މިނިސްޓަރުންނާ ސުވާލުކުރުމަށް މެންބަރުން އެދުމުން ވެސް ބައެއް މިނިސްޓަރުން މަޖިލީހަށް ވަޑައިނުގަންނަވާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީން މިއަދުވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ސިޓީއެއް ފޮނުވާފައެވެ.
ކިޔުންތެރިންގެ ހިޔާލު