މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ކ. މާފުށީގައި ހަދަން ނިންމާފައިވާ ހޮޓާ އަޅައިދޭނެ ބަޔަކު ހޯދަން އެ ކުންފުނިން އިއުލާންކޮށްފިއެވެ.
ހައްޖު ކޯޕަރޭޝަނުން ކުރި އިއުލާނެއްގައި ބުނީ އެ ހޮޓާ އެޅުމުގެ މަސައްކަތް ކުރިއަށްގެންދަނީ ހައްޖު ކޯޕަރޭޝަނާއި މާފުށީ ކައުންސިލާ ގުޅިގެން އުފެއްދި މާފުށި އިސްލާމިކް ޓުއަރިޒަމް ޕްރައިވެޓް ލިމިޓެޑުގެ ދަށުން ކަމަށެވެ. މި މަސައްކަތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ކަމަށާއި މި ޕްރޮޖެކްޓްގެ ދަށުން ހޮޓާ އިމާރާތެއްގެ އިތުރުން ސާވިސް އިމާރާތެއް ވެސް އެޅުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނީގެ އިއުލާނުގައިވެއެވެ.
މިކަމަށް ޝައުގުވެރިވާ ކުންފުނިތަކުން ހައްޖު ކޯޕަރޭޝަނުގައި އޯގަސްޓު 13، ގެ ކުރިން ރަޖިސްޓްރީ ކުރަންޖެހެއެވެ. ރަޖިސްޓްރީ ކުރެވޭނީ 30،000 ރުފިޔާ ނުވަތަ 2000 އެމެރިކާ ޑޮލަރު ދެއްކުމުންނެވެ.
އަދި ބިޑު ސެކިއުރިޓީގެ ގޮތުގައި 800،000 ރުފިޔާ ބަހައްޓަންޖެހޭނެ ކަމަށްވެސް އިއުލާނުގައިވެއެވެ.
ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް މީގެ ކުރިން މަޖިލީހުގެ ކޮމެޓީއެއްގައި ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ހައްޖު ކޯޕަރޭޝަނަކީ ފައިދާވާ ކުންފުންޏަކަށް ހަދައި ހައްޖަށް މީހުން ގެންދާ އަގު ކުޑަކުރުން ކަމަށެވެ. އެހެންކަމުން ހަލާލް ޓޫރިޒަމަށް ވަދެ ކުރާ މަސައްކަތުން އެކަން ހާސިލު ކުރެވޭނެކަމަށް ވަނީ ވިދާޅުވެފައެވެ.
ނަމަވެސް، އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވަނީ ހައްޖު ކޯޕަރޭޝަންގެ އެ މަސައްކަތަށް ތާއީދު ނުކުރައްވާކަން ހާމަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު