ފުވައްމުލަކުގައި ރޭ ހިނގި އެކްސިޑެންޓެއްގައި 17 އަހަރުގެ ޒުވާނަކު ނިޔާވެއްޖެއެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައިވާ ކަމުގެ މައުލޫމާތު އެއިދާރާއަށް ލިބުނީ ރޭ މެންދަމު 02:40 ހާއިރުކަމަށެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ ފުވައްމުލަކު ފުނާޑު ހުސްނުހީނާމަގުން ދުއްވާފައިދިޔަ ސައިކަލެއް ފާރުގައިޖެހި ކޮންޓްރޯލްނުވެ އެންމެފަހުން މަގުބައްތި ހޮޅިދަނޑިއެއްގައި ޖެހިގެންނެވެ.
މި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިނީ 17 އަހަރުގެ ފިރިހެން ކުއްޖެއްކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ. އެކުއްޖާ ނިޔާވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ރޭ 03:38 ހާއިރުއެވެ.
ފުލުހުން ބުނީ މި މައްސަލަ އެއިދާޜާއިން ގެންދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު