ޕްރިޔަންކާ ޗޯޕްރާ
ޕްރިޔަންކާ ޗޯޕްރާ
ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ އަންނަ އަހަރު ގެނެސްދޭން ހަމަޖެހިފައިވާ ފިލްމު 'ލަވް އެންޑް ވޯ' އިން މަޝްހޫރު ތަރި ޕްރިޔަންކާ ޗޯޕްޅާ ފެނިދާނެ ކަމަށް މީޑިއާތަކުން ރިޕޯޓުކުރަން ފަށައިފިއެވެ.

އަންނަ އަހަރުގެ މާޗް ހިސާބުގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ މި ފިލްމުގެ ލީޑް ތަރިންނަކީ ރަންބީރް ކަޕޫރާއި އޭނަގެ އަންހެނުން އާލިއާ ބަޓް އަދި ވިކީ ކޯޝަލް އެވެ.

'ލަވް އެންޑް ވޯ' ގެ ހާއްސަ ފެނިލުމަކުން ޕްރިޔަންކާ ފެނިދާކަމުގެ ވާހަކަތަކެއް ދެކެވެން ފެށި އިރު މީގެ ކުރިން، މީގެ ހާއްސަ ކެމިއޯއެއް ދިޕިކާއަށް ހުށަހެޅިކަމުގެ އަޑުތަކެއްވެސް ފެތުރުނެވެ.

އެހެންނަމަވެސް މިހާރު ރިޕޯޓްތައް ބުނާ ގޮތުން ފިލްމުގެ ވަރަށް ހާއްސަ ލަވަކުން ޕްރިޔަންކާ ފެނުމުގެ ފުރުސަތު ބޮޑެވެ.

އެ ވާހަކަ މީޑިއާތަކުގައި ދެކެވެން ފެށީ ރަންވީރު ސިންގް އާއި ދީޕިކާއަކު ބަންސާލީ 2013 ގެނެސްދިން 'ރާމް-ލީލާ' އަށް ޕްރިޔަންކާ ކުޅުނު އައިޓަމް ލަވައާ ގުޅޭ ވާހަކަތަކެއް އޭނަ ސޯޝަލް މީޑިއާގައި ޕޯސްޓްކުރުމާ ގުޅިގެންނެވެ.

އެ ޕޯސްޓްގައި ބުނީ ފިލްމުން މަޝްހޫރުވި ލަވަ "ރާމް ޗާހޭ ލީލާ ޗާހޭ" ލަވަ ކުޅެދޭން ބަންސާލީ ހުށަހެޅުމުން އެކަމަށް އެއްބަސްވާން ޖެހިލުންވި ކަމަށެވެ. ސަބަބަކީ ބަންސާލީ އެންމެ ބޭނުންވާ ގޮތަށް ލަވަ ހުށަހަޅައި ދެވިދާނެކަމާ މެދު އަމިއްލަ ނަފުސާ މެދު ޝައްކުތަކެއް ހުރުމުން ކަމަށާއި އެކަމަކު ލަވައިގެ ޓީމާއި ބަންސާލީގެ އިރުޝާދުތަކާ އެކީ ލަވަ އަށް ކުރެވުނު މަސައްކަތަކީ މިހާރު ވަރަށް ހިތްގައިމު ހަނދާންތަކެއް ކަމަށް ޕްރިޔަންކާ ބުންޏެވެ.

މި ޕޯސްޓަކީ ލަވް އެންޑް ވޯ ގައި ޕްރިޔަންކާ ފެނިދާނެ ކަމުގެ އިޝާރާތެއް ކަމުގައި މީޑިއާތަކުން ވަނީ ބުނެފައެވެ. އެހެންނަމަވެސް ފިލްމުގެ ޓީމުން މިކަން އަދި ކަށަވަރު ކޮށްދީފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު