ގެދޮރުވެރިޔާ ސްކީމްގައި 76 މާކްސް އަށް ވުރެ މަތިން މާކްސް ލިބުނު މީހުންގެ ތެރޭގައި ގުރުއަތުގައި ހިމަނާފައި ނުވާ ފަރާތްތަކެއް ތިބުމުން، އެ މައްސަލަ ހައްލުކުރަމުން އަންނަ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
ހައުސިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ 76 ޕޮއިންޓަށް ވުރެ މަތިން ލިބިފައިވާ ފަރާތްތަކަށް ގުރުއަތު ނުނަގައި ފްލެޓު ހަމަޖައްސައިދޭން ނިންމާފައިވާ ކަމަށެވެ. މިއީ "ގެދޮރުވެރިޔާ ސްކީމުގެ" ދަށުން ދޫކުރާ ފްލެޓުތަކުގެ ތެރެއިން ކުރިން ގުރުއަތުން ހޮވާފައިނުވާ، 76 ޕޮއިންޓަށްވުރެ މަތިން ޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް މިނިސްޓްރީން ބުނެއެވެ.
ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑުން ޢިމާރާތްކޮށްފައިވާ 4000 ފްލެޓު، "ޙަވާލުކުރުމާއި، އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް މިނިސްޓްރީން ކުރިއަށްގެންދާ ކަމަށެވެ. މިކަމަށްޓަކައި، ފްލެޓު ލިބުނު ފަރާތްތަކުގެ މަޢުލޫމާތު ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފް.ޑީ.ސީ) އާ މިނިސްޓްރީން ޙިއްސާކުރަމުންދާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު