ފުލުހުންގެ ހިދުމަތް
ފުލުހުންގެ ހިދުމަތް
ސިހުރު ހަދައިދޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިސްތިހާރުކުރަމުންދާ ޕޭޖުތަކެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ ސިހުރު ހެދުމަށް ހިތްވަރުދީ އަދި ސިހުރު ހަދައިދޭނެ ކަމަށް ބުނެ މައުލޫމާތު އާންމު ކުރަމުންދާ ޕޭޖުތަކެއް ސޯޝަލް މީޑިއާއިން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެ ޕޭޖުތައް ސޯޝަލް މީޑިއާގައި ހިންގަމުންދަނީ މިއަހަރުގެ ޖޫން މަހުން ފެށިގެންނެވެ.

އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ވަނީ މީގެ ކުރިންވެސް ސިހުރު ހަދާކަމުގެ މައްސަލަތަކެއް ތަހުގީގުކޮށް އެ މައްސަލަތަކުގައި މީހުން ހައްޔަރުކޮށްފައެވެ. އަދި ސިހުރު ހަދާކަމަށް ތުހުމަތުކޮށް ބަލައިފާސްކުރުމުގެ އޮޕަރޭޝަންސްތަކެއް ވެސް ފުލުހުން ވަނީ ކުރިއަށް ގެންގޮސްފައެވެ.



ކިޔުންތެރިންގެ ހިޔާލު