މިއަދު ފަރަށް އެރި ދޯންޏަކުން ދަތުރުކުރި 3 މީހުން ސަލާމަތް ކޮށްފައިވާ ކަަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
ފުލުހުން ބުނީ، “އަލްމަޖްރާ” ނަމަކަށް ކިޔާ ދޯންޏެއް ދިއްގިރި ކައިރިން ފަރަށް އަރައި ދިޔަވެ އަޑިއަށްދާ ކަމުގެ މައުލޫމާތު ލިބުނީ ފަތިހު 5:34 ހާއިރު ކަމަށެވެ. އެދޯނި މާލޭން ފުރައިގެން ތ. ވޭމަންޑުއަށް ދަތުރު ކުރަމުުން ދިޔައީ ފިލާ ފަދަ ސާމާނު ބަރުކޮށްގެން ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
އެ ރިޕޯޓާ ގުޅިގެން ވ. އަތޮޅު ފުލުހުން އެ ސަރަހައްދަށް ދިޔައިރު އެ ދޯނިން ދަތުރުކުރި ތިން މީހަކު ހާލުގައި ޖެހިފައި ފަރުމަތީ ތިއްބާ ފެނިފައިވާ ކަމަށާއި، އެއީ ދިވެއްސަކާއި ބަންގްލަދޭޝް ދެ މީހުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެ ތިން މީހުން ފުލުހުންގެ ލޯންޗަށް ނަގައި ވ. ފެލިދުއަށް ގެންގޮސްފައިވާ ކަމަށާއި، ތިން މީހުންގެ ހާލު ރަނގަޅު ކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ފުލުހުން ބުނީ، ދޯނި އަޑިއަށް ދިޔައިރު އެ ދޯނީގައި ގިނަ އަދަދެއްގެ ފިލައާއި އެފަދަ ބާވަތުގެ ތަކެތި ހުރިކަމަށާއި، އެހެންކަމުން އެ ސަަރަހައްދުން ދަތުރުކުރާ މީހުން ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ.
މުދާ އުފުލާ ދޯންޏެއް ފަރަށް އަރާފައިވާއިރު، މި ދުވަސްވަރަކީ މުޅި ރާއްޖެއަށް ވެސް މޫސުން ގޯސް ދުވަސްވަރެކެވެ.

ކިޔުންތެރިންގެ ހިޔާލު