ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ކާރަކާއި ފޯކްލިފްޓެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން މިއަދު ބުނީ، ވީއައިއޭގެ ޓާމިނަލް އެކެއްގައި ޔޫޓާން ނަގާ ކޮޅުގައި ފޯކްލިފްޓަކާއި ކާރެއް ޖެހި އެކްސިޑެންޓުވި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން މިހެން ބުނެފައިވާއިރު، މީސްމީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯގައި ރަތް ކުލައިގެ ކާރެއް ފޯކްލިފްޓްގައި ޖެހި، ދެ އުޅަނދަށް ވެސް ވަރަށް ބޮޑަށް ގެއްލުން ވެފައިވާ މަންޒަރު ފެނެއެވެ.
ފުލުހުން ބުނީ މިމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު