ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މަސްތުވާ ތަކެއްޗާބެހޭ ޤާނޫނު އިސްލާހު ކުރުމުގެ ބިލުގައި، މަސްތުވާތަކެތި އެތެރެކުރުމުގެ ނުވަތަ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ ފަރާތްތަކަށް މަރުގެ އަދަބު ދިނުން ހިމެނުމަށް ނިންމާފައިވާކަން ހާމަކޮށްފިއެވެ.
މިކަން ހާމަކުރައްވާފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖްތަމަޢު ސަލާމަތްކޮށް، މަސްތުވާތަކެތިން ދުރުހެލިވެފައިވާ ޖީލެއް ބިނާކުރުމަކީ މިސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒުކަމަށެވެ.
އެގޮތުން، މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މަސްތުވާ ތަކެއްޗާބެހޭ ޤާނޫނަށް އިސްލާހުގެނައުމުގެ ބިލްގައި، މަސްތުވާތަކެތި އެތެރެކުރުމުގެ ނުވަތަ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ ފަރާތްތަކަށް ދުނިޔޭގެ ބައެއް އެހެން ގައުމު ތަކުގައި ވެސް ކަން ކުރާ ގޮތަށް، މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ކަނޑައެޅުމަށް ނިންމާފައިވާކަމަށެވެ.
އެހެންކަމުން އެކަންކަން ބިލުގައި ހިމެނުމަށްޓަކައި އެ ބިލް އިތުރަށް ދިރާސާކުރުމަށް ސަރުކާރުގެ ކަމާގުޅުން ހުރި އިދާރާތަކަށް މިހާރު ވާނީ ފޮނުވިފައިކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މަސްތުވާތަކެތި އެތެރެކުރާ ފަރާތްތަކާއި އޭގެ ވިޔަފާރި ކުރާ ފަރާތްތަކަށް މިފަދަ ބޮޑެތި އަދަބުތައް ލިބޭގޮތަށް ގާނޫނު ފަރުމާކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، މި ސަރުކާރުން ރައީސްގެ އިސްނެންގެވުމުގެ މަތިން މިހާރުވަނީ މަސްތުވާތަކެއްޗަށް މަގުފަހިކުރާ، ދުންފަތުގެ ބާވަތްތައް އެތެރެ ކުރުމާއި ބޭނުންކުރުން މަދުކުރުމަށް ވެސް ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފައެވެ.

މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖްތަމަޢު ސަލާމަތްކޮށް، މަސްތުވާތަކެތިން ދުރުހެލިވެފައިވާ ޖީލެއް ބިނާކުރުމަކީ މިސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒު.
— Dr Mohamed Muizzu (@MMuizzu) July 30, 2025
އެގޮތުން، މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މަސްތުވާ ތަކެއްޗާބެހޭ ޤާނޫނަށް އިސްލާހުގެނައުމުގެ ބިލްގައި، މަސްތުވާތަކެތި…
އެހެންކަމުން އެކަންކަން ބިލުގައި ހިމެނުމަށްޓަކައި އެ ބިލް އިތުރަށް ދިރާސާކުރުމަށް ސަރުކާރުގެ ކަމާގުޅުން ހުރި އިދާރާތަކަށް މިހާރު ވާނީ ފޮނުވިފައިކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މަސްތުވާތަކެތި އެތެރެކުރާ ފަރާތްތަކާއި އޭގެ ވިޔަފާރި ކުރާ ފަރާތްތަކަށް މިފަދަ ބޮޑެތި އަދަބުތައް ލިބޭގޮތަށް ގާނޫނު ފަރުމާކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، މި ސަރުކާރުން ރައީސްގެ އިސްނެންގެވުމުގެ މަތިން މިހާރުވަނީ މަސްތުވާތަކެއްޗަށް މަގުފަހިކުރާ، ދުންފަތުގެ ބާވަތްތައް އެތެރެ ކުރުމާއި ބޭނުންކުރުން މަދުކުރުމަށް ވެސް ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފައެވެ.
ކިޔުންތެރިންގެ ހިޔާލު