މަޝްހޫރު ޑައިރެކްޓަރު ސުނީލް ދަރްޝަންގެ ކުރިއަށް އޮތް ފިލްމު "އަންދާޒް 2" ގެ ޓްރެއިލާ ދައްކާލައިފިއެވެ.
މި ފިލްމަކީ ޕްރިޔަންކާ ޗޯޕްރާ އާއި އަކްޝޭ ކުމާރުގެ އިތުރުން ލާރާ ދައްތާއާ އެކު ޑައިރެކްޓަރު ސުނީލް 2003 ގައި ގެނެސްދިން "އަންދާޒް" ގެ ސީކުއެލް އެވެ. އެހެންނަމަވެސް މި ފިލްމުގެ ކުރީގެ ބަޔާއި ދެވަނަ ބަޔާ މާ ބޮޑު ގުޅުމެއް ނެތެވެ.
މިފަހަރު ސުނިލް ލޮޔެ ޑައިރެކްޓުކުރާ މި ފިލްމުގެ ލީޑުން ފެނިގެންދާނީ ނަތާޝާ ފެނަންޑޭޒާއި އާޔޫޝް ކުމާރުގެ އިތުރުން އަކައިޝާ އެވެ.
މީގެ ތެރެއިން ނަތާޝާ އަކީ ސުނީލް އެންމެ ފަހުން ގެނެސްދިން ފިލްމު އޭކް ހަސީނާ ތީ، އޭކް ދީވާނާ ތާ" ގެ ރޯލެއް ވެސް ކުޅުނު ތަރިއެކެވެ. އަދި އާޔޫޝް އަކީ 2022 ގައި ނެރުނު އަބީޝެކް ބައްޗަންގެ "ދާސްވީ" ގެ ރޯލަކުން ފެނިފައިވާ ތަރިއެކެވެ.
'އަންދާޒް 2' ގެ މިއުޒިކް ހަދާފައި ވަނީ ނަދީމެވެ. އަދި ލަވަތަކުގެ ޅެންތައް ލިޔެފައިވަނީ ސަމީރު އަންޖާނެވެ.
އަންދާޒް 2 ނެރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 8 ގަ އެވެ.

ކިޔުންތެރިންގެ ހިޔާލު