ރަންވީރު ސިންގު
ރަންވީރު ސިންގު
ބޮލީވުޑްގެ ތަރި ރަންވީރު ސިންގް އަށް ޓައިމް ޓްރެވަލް ފިލްމެއް ހުށަހަޅާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

ޕިންކްވިލާގެ ރިޕޯޓެއްގައި ބުނީ ފިލްމަކީ މިހާރު ބޮލީވުޑްގެ އެންމެ ކާމިޔާބު ޕްރޮޑިއުސަރުންގެ ތެރޭގައި ހިމެނޭ ދިނޭޝް ވިޖަންގެ މެޑޮކްސް ފިލްމްސްއިން އުފައްދާ ފިލްމެއް ކަމަށެވެ. އަދި މި ފިލްމު ޑައިރެކްޓު ކުރާނީ އަމިތު ޝަރްމާ ކަމަށްވެސް ރިޕޯޓުގައި ވެއެވެ.

މި ފިލްމު ރަންވީރަށް ހުށަހަޅައި، މަޝްވަރާތައް މިހާރު ކުރިއަށްދާ އިރު، މި އަހަރު ނިމުމުގެ ކުރިން މި ފިލްމުގެ ކާސްޓުން ފައިނަލް ކުރާނެ ކަމަށް ރިޕޯޓުގައި ވެއެވެ.

އަދި ޝޫޓިން އަންނަ އަހަރުގެ ޖެނުއަރީގައި ފަށަން ރާވާފައިވާއިރު، ޝޫޓިން ފަށަން ހަމަޖެހިފައިވާ ރަންވީރުގެ "ޑޮން 3" ގެ ޝޫޓިން ނިންމުމަށް ފަހުއެވެ.

ރަންވީރު ދެން އެންމެ އަވަހަށް ފެނިގެންދާނީ އަހަރުގެ ޑިސެންބަރު 5 ގައި ގެނެސްދޭން ހަމަޖެހިފައިވާ އެކްޝަން ތުރިލާ ފިލްމު "ދުރަންދާރު" އިންނެވެ.



ކިޔުންތެރިންގެ ހިޔާލު