މަރްޔަމް ނަހްދާ ވަޙީދު   26 ޖުލައި 2025 - 9:3
ވޯ 2 ގެ ޕޯސްޓަރު
ވޯ 2 ގެ ޕޯސްޓަރު
ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ ފިލްމު "ވޯ 2" ގެ ޓްރެއިލާ ދައްކާލައިފިއެވެ.

އަންނަ މަހުގެ 14 ގައި ރިލީޒްކުރާ މި ފިލްމަކީ ޔާޝްރާޖް ފިލްމްސް އިން 2019 ވަނަ އަހަރު ގެނެސްދިން ރިތިކް ރޯޝަންގެ "ވޯ" ގެ ސީކުއެލް އެވެ. މިއީ ވައިއާރްއެފް ސްޕައި ޔުނިވާސް އަށް ނިސްބަތްވާ ފިލްމެކެވެ.

ސިދާތު އާނަންދު ޑައިރެކްޓްކުރި "ވޯ ގެ "ތަރިންނަކީ ރިތިކާއި ޓައިގާ ޝްރޮފްގެ އިތުރުން ވާނީ ކަޕޫރެވެ. ނަމަވެސް އަޔާން މުކަރްޖީ ޑައިރެކްޓްކުރި "ވޯ 2" ގެ ތަރިންނަކީ ރިތިކު، ކިއާރާ އަދްވާނީ އަދި އެންޓީއާރު ޖޫނިއާ އެވެ.

މިއީ އެންޓީއާރްގެ ފުރަތަމަ ބޮލީވުޑް ފިލްމު ކަމަށްވީއިރު، މި ފިލްމުގައި އެންޓީއާރް އއި ރިތިކު އާ ދެމެދު 'ޑާންސް ފޭސް އޮފް' އެެއްވެސް އޮންނާނެއެވެ.

މި ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ އޮގަސްޓު 14 ގައެވެ.



ކިޔުންތެރިންގެ ހިޔާލު