މިރޭގެ ބައްދަލުވުމުގެ ތެރެއިން
މިރޭގެ ބައްދަލުވުމުގެ ތެރެއިން
ނ. ވެލިދޫގައި ސީޕްލޭން ޕްލެޓްފޯމެއް ގާއިމުކޮށް އެ ރަށަށް ސީޕްލޭންގެ ހިދުމަތް ފެށުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ އެ ރަށަށް ވަޑައިގެން މިރޭ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވެވި ބައްދަލުވުމުގައެވެ.

އެމަނިކުފާނު ވިދާޅުވީ، ވެލިދޫ ކައިރީގައި އޮންނަ "ވިހަފަރު" ގައި އެޅުމަށް ނިންމާފައިވާ އެއާޕޯޓު ގާއިމުކުރެވެންދެން ވެލިދޫގައި ސީޕްލޭން ފްލެޓްފޯމެއް އަންނަ އަހަރު ޖެނުއަރީގައި ގާއިމުކޮށްދީ، ސީޕްލޭންގެ ހިދުމަތް ފަށާނެ ކަމަށެވެ. ވިހަފަރުގައި އެއާޕޯޓު އެޅުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ. ވިހަފަރުގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ ކަމަށް ރައީސް ވަނީ ރޭ ވިދާޅުވެފައެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ އަންނަ އަހަރު ޖެނުއަރީ މަހަށް ވެލިދޫގައި ސީ އެމްބިއުލާންސެއް ވެސް ގާއިމުކޮށްދެއްވާނެ ކަމަށެވެ. އަދި ރައީސް ވިދާޅުވި އެ މަސައްކަތްތައް ބާރަށް ކުރިއަށް ދާނެކަމަށާއި އެކަމުގެ ޔަގީންކަން ދެއްވާކަމަށެވެ.

އޭގެ އިތުރުން އެ ރަށުގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް ވެސް ކުރެވެންހުރި މަސައްކަތްތައް ކޮށްދެއްވާނެކަމަށް ރައީސްގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު