ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލަކާ މިހާރު ބައްދަލުކުރެވިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ނ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ވެލިދޫ ރައްޔިތުންނާއި މިރޭ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ވެލިދޫ ކައުންސިލާއި މިއަދު ބައްދަލުކުރެވުމުން ހުރިހާ ރަށެއްގެ ހުރިހާ ކައުންސިލަކާއި މިހާރު ބައްދަލުކުރެވުނީ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ކައުންސިލްތަކާއި ބައްދަލު ކުރައްވަނީ ރަށްރަށަށް ވަޑައިގެން ކަމަށާއި ކައުންސިލްތައް މާލެ ގެނެސްގެން ބައްދަލު ކުރެއްވުމުގެ ބަދަލުގައި އެމަނިކުފާނު ބޭނުންފުޅުވަނީ އެގޮތް ކަމަށެވެ.
އަދި ހުރިހާ ކައުންސިލަކާ ބައްދަލު ކުރެވުނުނަމަވެސް އަދި ހުރިހާ ރަށަކަށް ވަޑައި ނުގެންނެވޭ ކަމަށާއި މިނިވަން ދުވަހުގެ ހަރަކާތްތަކާއި ސްކޫލް ބަންދަށްފަހު އަނެއްކާ ވެސް ރަށްރަށަށް ޒިޔާރަތް ކުރައްވަން ފައްޓަވާނެކަމަށް ވިދާޅުވިއެވެ.
ވެރިކަމާއި ހަވާލުވެވަޑައިގެން ރައީސް ގެންދަވަނީ ވަޑައިގަންނަވާ ރަށްރަށަށް ކައިރި އެހެން ރަށްރަށުގެ ކައުންސިލްތައް ވެސް ގެންނަވާ ބައްދަލުވުންތައް ބާއްވަވަމުންނެވެ. އެމަނިކުފާނުގެ މި ބައްދަލުވުންތަކުގައި ކައުންސިލްތަކުން ބޭނުންވާ ކަންކަން ކޮށްދެެއްވާނެކަމުގެ ޔަގީންކަން ގެންދަވަނީ ދެއްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު