ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މަގާމުގައި ހުންނެވި މާފަންނު މާފުށީގެ ނިޢުމާތު ޝަފީގުގެ މަގާމުގެ މުއްދަތު ފަސް އަހަރު ދުވަހަށް އިތުރުކޮށްފިއެވެ.
ރައީސް އޮފީހުން ބުނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 117 ވަނަ މާއްދާގެ ދަށުން، ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މަގާމުގައި ހުންނެވި މާފަންނު މާފުށީގެ ނިޢުމާތު ޝަފީގުގެ މަގާމުގެ މުއްދަތު ފަސް އަހަރު ދުވަހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިތުރު ކުރައްވާފައި ވާކަމަށެވެ.
ޗިލްޑްރަންސް އޮމްބަޑްސް ޕާސަންގެ މަގާމަށް ނިޢުމާތު ޝަފީގު އައްޔަން ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު 23 ޖުލައި 2020 ގައެވެ.
އެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވަނީ 5 އަހަރުގެ ދައުރަކަށެވެ. ނިއުމާތުގެ މަގާމުގެ މުއްދަތު، މި މަހުގެ 23 ވަނަ ދުވަހު ހަމަވާތީ، 5 އަހަރުގެ ދައުރެއް އިތުރުކުރެއްވުމަށް ރައީސް މަޖިލީހަށް ހުށަހެޅުއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ރިޕޯޓް، މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން ނިއުމާތުގެ މަގާމުގެ މުއްދަތު އިތުރު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 50 މެންބަރުންގެ އިއްތިފާގުންނެވެ.
ނިއުމަތަކީ އިންޓަނޭޝަނަލް މާސްޓާ އިން އާލީ ޗައިލްޑްހުޑް ހާސިލުކުރައްވައި، އަދި އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސަދަން ކުއީންސްލެންޑުން ބެޗެލާ އޮފް އާލީ ޗައިލްޑްހުޑް، ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހަކީ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އުފައްދަވާފައިވާ މިނިވަން، މުސްތަގިއްލު އިދާރާއެކެވެ.

ކިޔުންތެރިންގެ ހިޔާލު