މޫނުގައި ބިހި ނަގާފައި-
މޫނުގައި ބިހި ނަގާފައި-
މޫނުގައި ހުންނަ ބިހި ނުވަތަ 'އެކްނޭ' އަކީ ޒުވާނުންނާއި ބޮޑެތި މީހުންގެ ތެރޭގައިވެސް ވަރަށް އާންމުކޮށް ފެންނަ ހަމުގެ މައްސަލައެކެވެ. މިކަމުގެ ސަބަބުން ބައެއް ފަހަރު އަމިއްލަ ނަފްސަށް އޮންނަ އިތުބާރުވެސް ކުޑަވެއެވެ. ނަމަވެސް، މޫނުގައި ހުންނަ ބިހިތައް ރަނގަޅު ކުރުމަށް އެޅިދާނެ ވަރަށް ގިނަ ފިޔަވަޅުތަކެއް ވެއެވެ.

މޫނުގައި ހުންނަ ބިހިތައް ފިލުވުމަށް އެންމެ ފުރަތަމަ ކުރަންޖެހޭނެ އެންމެ މުހިންމުކަމަކީ މޫނުގެ ސާފުތާހިރުކަމަށް ސަމާލުކަން ދިނުމެވެ. އެގޮތުން ދުވާލަކު ދެ ފަހަރު މޫނު ދޮވުން މުހިއްމެވެ. ނަމަވެސް، މޫނު ދޮންނައިރު މޫނު ގަދައަށް ގާނައި ހާކަމުން ނުވަތަ ސްކްރަބްކޮށްގެން ނުވާނެއެވެ. ސަބަބަކީ ގަދައަށް ސްކްރަބްކޮށްގެން ދޮންނަނަމަ، ހަމަށް ގެއްލުންވެ، ބިހިނެގުން އިތުރަށް ގޯސްވުމުގެ ފުރުސަތު ބޮޑުވާނެތީއެވެ.

ދެން ކުރަންޖެހޭނެ އެންމެ މުހިންމު ކަމަކީ ބިހިތަކުގައި އަތް ނުލުމެވެ. ބިހިތަކަށް ފިއްތައި ނުވަތަ އަތްލުމަކީ ބިހިތައް އިތުރަށް ގޯސްވެ، މޫނު ފާރުވެ، އަދި ހަމުގައި ލަކުނު ޖެހޭ ކަމެކެވެ. މޫނުގައި އަބަދު އަބަދު އަތްލުމުންވެސް އަތުގައި ހުންނަ ތެޔޮކަމާއި، ބެކްޓީރިއާތައް މޫނަށް އަރައި ބިހި ނެގުމަށް މަގުފަހިވެއެވެ.

މީގެއިތުރުން، ކެއިންބުއިމާއި ދިރިއުޅުމުގެ ވައްޓަފާޅިއަކީވެސް މޫނުގެ ހަމަށް އަސަރުކުރާ ކަންތައްތަކެކެވެ. ތާޒާ މޭވާއާއި ތަރުކާރީ ގިނައިން ކެއުމާއި، ގިނައިން ފެންބުއިމަކީ ހަންގަނޑު ސާފުކޮށް ބެހެއްޓުމަށް އެހީތެރިވާނެ ކަންތައްތަކެވެ. އަދި، ހަކުރު ގިނައިން ހުންނަ ކާނާއާއި، ތެޔޮ ގިނަ ކާނާއިން ދުރުހެލިވުމަށް މަސައްކަތް ކުރުމަކީވެސް މުހިންމު ކަމެކެވެ. ނިދި ފުރިހަމައަށް ލިބުމާއި، ކަސްރަތު ކުރުމާއި، ސްޓްރެސް ކުޑަކުރުމަށް މަސައްކަތް ކުރުމަކީވެސް ހަމުގެ ސިއްހަތަށް ފައިދާކުރާނެ ކަންތައްތަކެކެވެ. މި ކަންތައް ކުރުމުން މޫނުގައި ބިހި ނެގުން މަދުކުރަން އެހީވެދޭނެއެވެ. އަދި ބިހިތައް އަވަހަށް ފިލުވާލަންވެސް އެހީވެދޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު