ބޮލީވުޑްގެ މަޝްހޫރު ތަރި އަކްޝޭ ކުމާރުގެ ފިލްމު "ޖޮލީ އެލް.އެލް.ބީ 3" މިއަހަރު ސެޕްޓެމްބަރުގައި ނެރެން ނިންމައިފިއެވެ.
ސުބާޝް ކަޕޫރު ޑައިރެކްޓްކޮށްފައިވާ މި ފިލްމު ނެރުމަށް ހަަމަޖެހިފައިވަނީ ސެޕްޓެމްބަރު 19 ގައެވެ.
މި ފިލްމުގައި އަކްޝޭގެ އިތުރުން އަރްޝަދު ވާރްސީއާއި ސައުރަބް ޝުކްލާ، ހުމާ ގުރޭޝީ އަދި އަމްރިތާ ރާއޯ މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ.
ފިލްމުގެ މާކެޓިން ކެމްޕޭން އޮގަސްޓު މަހު ފަށަން ނިންމާފައިވާއިރު، ފިލްމުގެ ފުރަތަމަ ޓީޒާ އަންނަ މަހުގެ ދެވަނަ ހަފުތާގައި ރިލީޒް ކުރާނެ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.
އެގޮތުން ފިލްމުގެ ޓީޒާ "ވޯ 2" އާއެކު ސިނަމާތަކުގައި އަޅުވަން ނިންމާފައިވާ ކަމަށް ރިޕޯޓުތަކުގައި ވެއެވެ. މީގެ މަގުސަދަކީ "ވާރ 2" ބެލުމަށް ގިނަ ބަޔަކު ސިނަމާތަކަށް ދާނެ ކަމަށް ލަފާކޮށް، "ޖޮލީ އެލް.އެލް.ބީ 3" އަށް ވެސް ފުޅާ ދާއިރާއެއްގައި ޕްރޮމޯޝަން ލިބިގެން ދިއުމެވެ. މިއީ "ކްރޮސް ޕްރޮމޯޝަން" ގެ ބޭނުންކޮށްގެން ފިލްމު ޕްރޮމޯޓުކުރުމަށް ހިންގާ ހަރަކާތެކެވެ.

ކިޔުންތެރިންގެ ހިޔާލު