ނ. އަތޮޅުގައި އިތުރު އެއާޕޯޓެއް ތަރައްގީ ކުރުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ ހޮޅުދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެ އަތޮޅަކީ ޓޫރިޒަމް ވަރަށް ބޮޑަށް ފުޅާވެފައިވާ އޮތް އަތޮޅެއް ކަމަށާއި ހޮޅުދޫ، ފޮއްދޫ އަދި ވެލިދޫ ހިމެނޭ ސަރަހައްދަށް އިތުރު ޑޮމެސްޓިކް އެއާޕޯޓެއް ބޭނުންވާ ކަމަށެވެ.
އެހެންކަމުން 30 މިނެޓުން ދަތުރުކުރެވޭ ހިސާބުގައި އެއާޕޯޓެއް ގާއިމު ކުރުމުގެ ސިޔާސަތުގެ ދަށުން ވެލިދޫ ކައިރީގައި އޮންނަ "ވިހަފަރު"ގައި އެއާޕޯޓެއް އަޅުއްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މި އެއާޕޯޓާއެކު އިގްތިސާދީ ގޮތުން ވަރަށް ގިނަ ކަންކަން ފަހިވެގެންދާނެ ކަމަށާއި އެ މަޝްރޫއުއަކީ މެދު އަދި ދުރު ރާސްތާއަށް ބަލާއިރު މުޅި އަތޮޅުގެ ޓޫރިޒަމް ކުރިއެރުވުމާއި އެ އަތޮޅުގައި ސަރުކާރުން ކުރިއަށްގެންދަން ނިންމާފައިވާ އެހެން މަޝްރޫއުތަކަށް ވެސް ލިބޭނެ ފައިދާއެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ވިހަފަރު ފަޅުގައި އެއާޕޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާދަވާނެކަމަށް ރިޔާސީ އިންތިހާބުގެ ދުވަސްވަރު ވެސް ރައީސް ވިދާޅުވެފައިވެއެވެ.
ރައީސް ވިދާޅުވީ މި އެއާޕޯޓުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށުމަށް އެމަނިކުފާނު ނިންމަވާފައިވާކަމަށެވެ.
މީގެއިތުރުން ރައީސް ވަނީ ނ. އަތޮޅުގައި މިހާރު ގާއިމުކޮށްފައިވާ މާފަރު އިންޓަނޭޝަނަލް އެއާޕޯޓު އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތް ވެސް ކުރިއަށްގެންދަވާނެ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު