އައްޑޫ ސިޓީގައި ހިންގަމުންދިޔަ ސްޕާއެއްގައި ހަށިވިއްކަން އުޅުނު ކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށް 15 ދުވަހަށް ބަންދުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކުރީ ސ. މަރަދޫ، އާބާދީމަންޒިލް، ނަވާލް ހުސައިން 25، އާއި ތައިލެންޑަށް ނިސްބަތްވާ، ތައިޔޮންލައްޑާ ސުކްސުވަންގް 36 އެވެ.
ފުލުހުން ބުނީ އައްޑޫސިޓީ މީދޫގައި ''ތިލިންފަރު ބިއުޓީ ސެލޫން އެންޑް ސްޕާ'' ގެ ނަމުގައި ހިންގަމުންދާ ތަނެއްގައި ހަށިވިއްކާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން އޮޕަރޭޝަނެއް ހިންގައި ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުންދަނީ ތަހުގީގުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު