ދާދި ފަހުން ނެރުނު ފިލްމު "ސައްޔާރާ" އަށް ގިނަ ބައެއްގެ ތަރުހީބު ލިބެމުންދިޔުމާ ގުޅިގެން ސުނީލް ދަރްޝަންގެ ކުރިއަށް އޮތް ފިލްމު "އަންދާޒް 2" ނެރޭ ދުވަސް ފަސްކޮށްފިއެވެ.
މީގެ ކުރިން 'އަންދާޒް 2' ނެރެން ނިންމީ އޮގަސްޓު 1 ގައެވެ. އެހެންނަމަވެސް، ފިލްމު ސައްޔާރާއަށް ލިބެމުންދާ ތަރުހީބާއެކު 'ސަން އޮފް ސަރްދާރް 2' ވަނީ އޮގަސްޓު 1 ވަނަ ދުވަހަށް ފަސްކޮށްފައެވެ. އަދި މިއާއެކު މިހާރު 'އަންދާޒު 2' ނެރުން އޮގަސްޓު 8 ކަށް ފަސްކޮށްފައިވާ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.
މި ބަދަލާ ގުޅޭ ގޮތުން ސުނީލް ބުނީ ސައްޔާރާއަށް ހީނުކުރާފަދަ ތަރުހީބެއް ލިބެމުންދާއިރު، ކުރިއަށް އޮތް ހަފްތާތަކުގައިވެސް އެއަށް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެހެންވެ، މިއީ ކޮންމެހެން ގެންނަން ޖެހޭ ބަދަލުތަކެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.
އޭނާ އިތުރަށް ބުނީ އަންދާޒް 2 ގައިވެސް އާ ތަރިން ހިމެނޭ ކަމަށާއި، އެހެންކަމުން "އޯޕެން ވީކެއްގައި" ނެރުމުން ނޫނީ އެއަށް ބޭނުންވާ ވިޒިބިލިޓީ ލިބިގެން ނުދާނެ ކަމަށެވެ.
މި ރޮމޭންޓިކް ޑްރާމާގެ ލީޑު ކާސްޓުންގެ ތެރޭގައި ހިމެނެނީ އާޔުޝް ކުމާރު، އާކައިޝާ އަދި ނަތާޝާ ފާނެންޑެޒް އެވެ. މިއީ 2003 ގައި ނެރުނު "އަންދާޒް" ގެ ސީކުއެލް އެވެ.

ކިޔުންތެރިންގެ ހިޔާލު