ޝާހުރުކް ޚާން
ޝާހުރުކް ޚާން
ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ ފިލްމު "ކިންގު" ގެ ޝޫޓިންގެ ތެރޭގައި ބޮލީވުޑްގެ ސުޕަސްޓާރު ޝާހްރުކް ޚާނަށް އަނިޔާވެގެން ފިލްމީ މަސައްކަތްތަކުން ބްރޭކެއް ނަގައިފިއެވެ.

ޝާހުރުކްއަށް އަނިޔާވީ ކިންގުގެ އެކްޝަން މަންޒަރުތަކެއް ނަގަން މުމްބާއީގެ ޓޮބޭކޯ ސްޓޫޑިއޯގައި ކުރިއަށް ގެންދިޔަ ޝޫޓިންއެއްގެ ތެރޭގައެވެ.

މި އަނިޔާތަކާ ގުޅިގެން އޭނާ މިހާރު ސާޖަރީއެއް ހަދަން އެމެރިކާއަށް ގޮސްފައިވާ ކަމަށާއި ޑޮކްޓަރުން ލަފާ ދީފައި ވަނީ މަސް ދުވަހު އަރާމު ކުރަން ކަމަށް މީޑިއާ ރިޕޯޓުތަކުގައި ވެއެވެ.

އެހެންވެ މި ވަގުތަށް ޝާހްރުކް ހިމަނައިގެން ޝޫޓްކުރަން ޖެހޭ "ކިންގް" ގެ ޝޫޓިންތައް ވަނީ މަޑުޖައްސާލައިފަ އެވެ. މީޑިއާތަކުން ބުނީ އޭނަ އަލުން ކްރޫއާ ގުޅޭނީ ސެޕްޓެމްބަރު ނުވަތަ އޮކްޓޯބަރުގައި ކަމަށެވެ.

ސިދާތު އާނަންދު ޑައިރެކްޓުކުރާ "ކިންގް" ގެ ކާސްޓުންގެ ތެރޭގައި ސުހާނާ ޚާނާއި ދީޕިކާ ޕަދްކޯނާއި އަބީޝެކް ބައްޗަނާއި ރާނީ މުކަރްޖީ އާއި އަނިލް ކަޕޫރާއި އަރުޝަދު ވަރުސީ އާއި ސޯރަބް ޝުކްލާ އާއި ޖައިދީޕް އަހުލުވާތާއި ރާގަވް ޖުޔަލްގެ އިތުރުން އަބޭ ވަރުމާ ހިމެނެ އެވެ.



ކިޔުންތެރިންގެ ހިޔާލު