ގާތްގަނޑަކަށް ދޮޅުމަސްދުވަހު ދިވެހި ފިލްމު "ސޮރީ" ގެ ހައުސްފުލް ޝޯތަކެއް ދެއްކުމަށްފަހު މިހާރު ޓިކެޓު ވިއްކަމުންދަނީ މި ފިލްމުގެ އެންމެ ފަހު ވީކެންޑްގެ ޝޯތަކަށްކަމަށް ފިލްމުގެ ޓީމުން ހާމަކޮށްފިއެވެ.
މަޝްހޫރު ލިޔުންތެރިޔާ އަދި ޑައިރެކްޓަރު ފާތިމަތު ނަހުލާ "ނަހޫ" ގެ އެންމެ ފަހުގެ ޑައިރެކްޝަން ކަމަށްވާ "ސޮރީ" އަށް ވަނީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިފައެވެ.
ރާއްޖޭގެ ފިލްމު އިންޑަސްޓްރީގައި ނަންވިދާ ތަރިން ހިމެނޭހެން ބޮޑު ކާސްޓަކާއެކު އުފައްދާފައިވާ މި ފިލްމަކީ ލޯބީގެ އަސަރުގަދަ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.
"ސޮރީ" ގެ ޝޯތައް ލަންކާ އަދި ތައިލެންޑުގައިވެސް އަޅުވާފައިވާއިރު، ފިލްމު ބަލާލަން ދިޔަ އެންމެންވެސް ވަނީ މި ފިލްމަށް ވަރަށް ތައުރީފު ކޮށްފައެވެ. ނަހޫ މިފަހަރުވެސް ގެނެސްދީފައިވަނީ ހަމަ ވަރަށް އަސަރުގަދަ، ލޮލުން ކަރުނަ އޮއްސާލާފަދަ ފިލްމެއް ކަމަށް މި ފިލްމު ބަލަން ދިޔަ އެންމެންވެސް ގަބޫލުކުރެއެވެ.
ފިލްމުގެ ޑައިރެކްޓަރު ނަހޫ ބުނީ މިހާރު އޮލިމްޕަހުން ވިއްކަމުންދަނީ މި ފިލްމުގެ އެންމެ ފަހު ޝޯތަކުގެ ޓިކެޓު ކަމަށެވެ. މިއީ ފިލްމު ނުބެލޭ މީހުންނަށް ސްކްރީނުން "ސޮރީ" ބަލާލަން ލިބޭ އެންމެ ފަހު ފުރުސަތު ކަމަށް ނަހޫ ވަނީ ބުނެފައެވެ.
ވީމާ މި ފިލްމު ސްކްރީނުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ބަލާލަން ބޭނުންވާނަމަ ލަސްނުކޮށް، އެންމެ ފަހު ޝޯތަކުގެ ޓިކެޓު ހޯދަން އަވަސްވެގަންނަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު